Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 22:12
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް
މުހައްމަދު ޝަރުހާން
ޓުވީޓް
މީޑިއާތައް ހައިޖެކް ނުކުރައްވާ: އަމީތު
އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ

މީޑިއާތައް ހައިޖެކް ނުކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް ވިދާޅުވެއްޖެއެވެ.

 

އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީޑިއާތައް ހައިޖެކް ނުކުރެއްވުމަށާއި އެކަން އެގޮތަށް ކުރެއްވުމުން ފުނޑާލެވިގެންދަނީ ޑިމޮކްރޮސީގެ ހަތަރުވަނަ ބާރުކަމަށެވެ.

އަމީތު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެކަމަށާއި ޤާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތަކުގައި ކަސްތޮޅު ނޭޅުވޭނެކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ މުޒާހަރާތައް ލައިވްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ބްރޮޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މިގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޭރުކުރުމަށް ގޮވާލައި ހޯމަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ރާވާއި، މީހުން މާލެ އެރުމަށް ގޮވާލަމުންދަނިކޮށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެ އެއްވުމަށް ޖާގަ ނުދޭނެ ކަމަށް ފުލުހުންވަނީ ބުނެފި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް