ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާއާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިފާގުން ކާމިޔާބުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިފާގުން ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް އިއްތިފާގުންނެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނެދަލެންޑްސްގެ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. ނަމަވެސް އޭގެ ފަހުން އަލް ވެހްދާ އިން ވަނީ ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ކްރައިގު ގުޑްވިން އެވެ. އޭނާ ލަނޑު ޖެހީ 37 ވަނަ މިނެޓާއި، 51 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން 81 ވަނަ މިނެޓުގައި އަލް އިއްތިފާގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ވައިނަލްޑަމް އެވެ. މެޗުން އަލް އިއްތިފާގު މޮޅުވީ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެެއްކި ވަގުތުގައި ޑެމަރާއި ގްރޭ ޖެހި ލަނޑުންނެވެ.
މި ނަތީޖާ އާއެކު އަލް އިއްތިފާގު އޮތީ ލީގު ތާވަލްގެ ހަތް ވަނަ މަގާމުގަ އެވެ. ކޮންމެ ޓީމެއް މިހާތަނަށް 11 މެޗު ކުޅެފައިވާއިރު، އަލް އިއްތިފާގަށް ލިބެނީ 20 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް އަލް އިއްތިހާދާ ދެމެދު މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. ފަސް ވަނައިގައި އޮތް އަލް އަހްލީ ސައުދީއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރެގެކެވެ.