ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 18:54
މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު
މުހައްމަދު ޝަރުހާން
މަޖިލީސް
މަޖިލީހުން ކުރި މެސެޖަށް މެމްބަރުންގެ ރައްދު !
މި މެސެޖުގައި ބުނެފައިވަނީ 31 ޖުލައިވާ ހޯމަ ދުވަހަށް ޖަލްސާ ތާވަލްކޮށްފައިވާ ކަމަށް

ޝޯސަލް މީޑިއާގައި މަޖިލީސް މެމްބަރުންނަށް މަޖިލީހުން ކޮށްފައިވާ މެސެޖެއް ވަނީ  އާންމުވެފައެވެ.

މި މެސެޖުގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ 31 ޖުލައިވާ ހޯމަ ދުވަހުގެ ހެނދުނު 9 އެއް ޖާހާއިރަށް ތާވަލްކޮށްފައިވާ ކަމަށެވެ. އަދި ބަޔާންވެދިޔަ ތާރީޙުގައި ޖަލްސާ އޮންނާނެކަމަށާއި ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ވާހަކަ ދަންނަވައި ދިނުމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.  

މި މެސެޖާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްއެއް މިހާރު ހުންނެވި ކަމަށް  ޤަބޫލުނުކުރައްވާކަމަށާއި ކުރީގެ ރައީސް އަބްދުﷲ މަސީޙުގެ ނަމުގައި އެބޭފުޅާއަށް މެސެޖް ނުކުރެއްވުމަށް އެދިލައްވާކަމަށެވެ.

އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފު ކުރައްވާފައިވާ ޓުވީޓެއްގައިވެސް ވިދާޅުވެފައިވަނީ މަޖިލީސް ރައީސްގެ ނަމުގައި އަބްދުﷲ މަސީޙު މެސެޖްތައް ކުރެއްވުން ހުއްޓާލަންވެއްޖެ ކަމަށާއި 45 މެމްބަރުންގެ ސޮޔާއެކު ހުރިހާ މެމްބަރުންވެސް ވާނީ މަސީޙުއަށް އިތުބާރު ނެތްކަން ސާފުކޮށްދެއްވާފަ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ މި މެސެޖާއި ގުޅިގެން ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓުގައި މުސްތަފާ ވިދާޅުވެފައިވަނީ އަބްދުﷲ މަސީޙުއަކީ މަޖިލީސް ރައީސް ނޫންކަމަށާއި މަޖިލީސް ރައީސްއޭ ދެންނެވުމަށް ފަހު މެސެޖް ނުކުރެއްވުމަށެވެ. އަދި މަސީޙުއަކީ ރައްޔިތުންގެ ހައްޤުތައް ވިއްކާލި ޙިޔާނާތްތެރިއެއް ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މިނިވަން ދުވަހުގެ ހާއްސަ ޕްރޮގްރާމްތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ކަމަށެވެ.

- ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 19:01
ali saleem
thibeyfulhun vadainugathas jalsaa onnaane. Jalsaa ah membarunves dhaane. Varah salaam