ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 21:13
އިންތިޚާބީ ރައީސް ޑރ.މުއިއްޒު
އިންތިޚާބީ ރައީސް ޑރ.މުއިއްޒު
ޕީއެސްއެމް
އިންތިޚާބީ ރައީސް ހުޅުމާލޭ ރައްޔިތުންނާއި ބައްދަލު
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާނަން: އިންތިޚާބީ ރައީސް
 
ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭ ގޮތަށް ޕާކިން އިމާރާތްތަކެއް އިމާރާތްކުރައްވާނެ
 
މި ސަރުކާރުން ހިންގާފައިވާ އެއްވެސް މަޝްރޫއެއް އަދި ދީފައިވާ އެއްވެސް ބޯހިޔާވަހިކަމެއްގެ މަޝްރޫއަކުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭފަދަ އެއްވެސް ކަމެއް ނުކުރައްވާނެ
 
ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެ

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް ސިޓީ ކައުންސިލާ ހަވާލުކުރެއްވުންކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ ފޭސް 1ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަމަށެވެ.

މުނިސިޕަލް ޚިދުމަތްތަކަކީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަކެއްކަަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ، ހުޅުމާލޭގެ އެ ހުރިހާ ޚިދުމަތެއް މިހާތަނަށް ދެމުން އައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ މެދުވެރިކޮށް ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އެންމެހައި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނެކަމަށެވެ.

މީގެއިތުރުން އިންތިޚާބީ ރައީސް ވިދާޅުވީ، މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައިވެސް ޕާކިންގެ މައްސަލަތައް ގިނަކަމަށާއި، ހުޅުމާލެވެސް ވަނީ ތޮއްޖެހިފައިކަމަށެވެ. އެގޮތުން، ހުޅުމާލޭގެ ޕާކިންގެ މައްސަލަ ހައްލުކުރެއްވުމަށް އިސްކަން ދެއްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އަދި ޕާކިންގެ މައްސަލަ ހައްލުކުރެއްވުމަށް، ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭ ގޮތަށް ޕާކިން އިމާރާތްތަކެއް އިމާރާތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް މޭޔަރުކަމުގައި ހުންނަވައިގެންވެސް ޕާކިން އިމާރާތެއް އިމާރާތްކުރެއްވުމުގެ މަސައްކަތްތައް ކުރެއްވުމަށް މަސައްކަތް ކުރެއްވިކަމަށްވެސް އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއަށް އިޝާރަތްކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ، މި ސަރުކާރުން ހިންގާފައިވާ އެއްވެސް މަޝްރޫއެއް އަދި ދީފައިވާ އެއްވެސް ބޯހިޔާވަހިކަމެއްގެ މަޝްރޫއަކުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށެވެ. އަދި ކުރިއަށް އޮތް ސަރުކާރުގައިވެސް ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް