ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 13:05
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
އިންތިިޚާބީ ރައީސް މުއިއްޒުގެ ވެރިކަން
އިންތިޚާބީ ރައީސް، މުއިއްޒުއަށް މިނިވަންކަމާއެކު ވެރިކަން ކުރެއްވިދާނެކަމަށް ގަބޫލެއްނުކުރެވޭ: މެންބަރު ޔާސިރު
 
އިންތިޚާބީ ރައީސް މުއިއްޒުއަށް ވެރިކަންކުރެއްވުމަށް ވަރަށް އުނދަގޫފުޅުވާނެ
 
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގައި ޔާމީންގެ ދައުރު ވަރަށް ބޮޑު
 
ޔާމީން މިނިވަންކުރެއްވުމާ ގުޅޭގޮތުން އިންތިޚާބީ ރައީސް ދެއްކެވި ވާހަކަފުޅުތައް މިހާރު އެއްކޮށް ވަނީ ބަދަލުވެފައި

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިނިވަންކަމާއެކު ވެރިކަން ކުރެއްވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން ޔާސިރު ވިދާޅުވީ، އިންތިޚާބީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކަފުޅުތަކާއި، މިހާރު ދަައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ބަދަލުވެފައި ވާކަމަށެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރެއްވުމާ ގުޅޭގޮތުން އިންތިޚާބީ ރައީސް ދެއްކެވި ވާހަކަފުޅުތައް މިހާރު އެއްކޮށް ބަދަލުވެފައިވާކަމަށެވެ.

Advertisement

ޔާސިރު ވިދާޅުވީ، އިންތިޚާބީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ އެއްބާރުލުމާއެކު ކަމަށާއި، އެކަމުގައި ޔާމީންގެ ދައުރު ވަރަށް ބޮޑުކަމަށެވެ. ނަމަވެސް އިންތިޚާބުވެވަޑައިގަތުމަށްފަހު ޔާމީން މީހަކަށް ނުހައްދަވައި، ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ބަދަލުވުމުން ޕީޕީއެމްގެ އެތެރޭގައި މައްސަލަތައް އުފެމުންދާކަމަށާއި، އެމަންޒަރުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިވަންކަމާއެކު ގައުމު ހިންގަވާނެ ކަމަށް އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާ ބަސްފުޅަށް އިޝާރާތް ކުރައްވައި ޔާސިރު ވިދާޅުވީ، އެގޮތަށް އެކަން ނުހިނގާނެ ކަމަށާއި، މިނިވަންކަމާއެކު ވެރިކަން ކުރެއްވޭނެ ކަަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ވަރަށް ބޮޑަށް ވިދާޅުވޭ އިންތިޚާބީ ރައީސް މިނިވަންކަމާއެކު މަސައްކަތްކުރައްވާނެ ކަމަށް. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ އެހެންނަމަވެސް އެކަން އެގޮތަށް އެމަނިކުފާނަށް ކުރެއްވޭނެ ކަމަކަށް. އެތަން އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގަ ދާދި އަވަހަށް ފެނިގެންދާނެ. މިއަދު ސިޔާސީ މަސްރަހަށް ވަމުންދާ ގޮތް. އެއް ކަމަކަށް، ޑރ. މުއިއްޒު ރައީސް ކަމަށް އެ ވަޑައިގެންނެވި ގޮތް ބައްލަވާލައްވާ. އެއް ޕާޓިން އަނެއް ޕާޓީން ބަދަލުވެވަޑައިގެން، ވަރަށް ޓެކްނިކަލް މަސައްކަތްތަކެއްގެ ތެރެއިން މިއަދު ރައީސް ކަމަށް އެ ވަޑައިގެންނެވީ. އެހެންނަމަވެސް ކުރިން ވިދާޅުވި ހުރިހާ އެއްޗެއް ފަހަތުން އައިސް ހިފާނެ. ފަސޭހައެއް ނުވާނެ އެމަނިކުފާނަށް މިނިވަންކަމާއެކު މަސައްކަތް ކުރައްވާކަށް. މިއަދު ސިޔާސީ މަސްރަހު މިއޮތީ އެންމެ ބޭފުޅަކަށް ބޭނުންފުޅު ގޮތަކަށް ކޮށްލެއްވޭ ގޮތަކަށް ނޫން. ވަރަށް ބޮޑަށް އުދަނގޫފުޅުވާނެ މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމަށް.
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރު އަބްދުއްލަތީފް

ސިރު ވިދާޅުވީ ސިޔާސީ މަސްރަހުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު، އިންތިޚާބީ ރައީސް މުއިއްޒަށް ވެރިކަން ކުރެއްވުމަށް ވަރަށް އުނދަގޫފުޅުވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް