ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 10:45
އެއްވެސް ބާރެއް ނެތަސް ލީ ޕާޓީގެ ސަފުތަކުން ކުރިއަރައިގެން ދިޔަ
އެއްވެސް ބާރެއް ނެތަސް ލީ ޕާޓީގެ ސަފުތަކުން ކުރިއަރައިގެން ދިޔަ
ރޮއިޓާސް
ޗައިނާގެ ކުރީގެ ޕްރިމިއަރ އަވަހާރަވުން
ޗައިނާގެ ކުރީގެ ޕްރިމިއަރ ލީ ކެކިއާންގް ކުއްލިގޮތަކަށް އަވަހާރަވެއްޖެ
ލީ އަކީ ޗައިނާގެ މިހާރުގެ ރައީސް ޝީގެ ފެކްޝަނާ ގުޅިފައި ނުވާ ހަމައެކަނި އިސް އޮފިޝަލް

ޗައިނާގެ ޝަންހާއީގައި ބުރާސްފަތި ދުވަހުގެ ރޭ ކުއްލި އަކަށް ހާޓް އެޓޭކެއް ޖެހިގެން އެ ޤައުމުގެ ކުރީގެ ޕްރިމިއަރ ލީ ކެކިއާންގް އަވަހާރަވެއްޖެ އެވެ.

2013 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ޗައިނާގެ ޕްރިމިއަރކަން ކުރެއްވި ލީ އަވަހާރަވީ އޭނާ އަށް ޖެހުނު ހާރޓްއެޓޭކް އަކަށް އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ. އޭނާ އަވަހާރަވުން، ޝޮކެއްގެ ގޮތުގައި ފާހަގަކުރެވެނީ ޗައިނާގެ ބޮޑު ސިޔާސީ ބޭފުޅަކަށް އޭނާ ވެފައި އަދި ލީ އަކީ ވަރަށް ޒުވާން ބޭފުޅެއް ކަމަށް ވާތީ އެވެ.

މުސްތަގުބަލުގެ ރައީސެއްގެ ގޮތުގައި ކުރިން ފެނުނު ލީ މިފަހަކަށް އައިސް އެއްފަރާތް ކުރެއްވީ ވެރިކަން ވަރުގަދަ ކުރެއްވި މިހާރުގެ ލީޑަރު ޝީ ޖިންޕިންގ އެވެ. ލީ ޕްރިމިއާގެ މަގާމުން ރިޓަޔާ ކުރެއްވީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. 

ޕްރިމިއަރ ކަމުގެ އެންމެ ފަހު އަހަރުތަކުގައި ލީ އަކީ ޝީގެ ފެކްޝަނާ ގުޅިފައި ނުވާ ހަމައެކަނި އިސް އޮފިޝަލެވެ. އޭނާގެ މަރުގެ ހިތާމައިގައި ޗައިނާގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިތާމަފާޅުކުރަމުން އަންނައިރު، ހުނަރުވެރި ޓެކްނޮކްރެޓެއް ގެއްލުމުން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ލީ މަޝްހޫރުވެފައިވަނީ އިޤްތިޞާދީ އިޞްލާޙީ އަދި އޭނާގެ ޖީލުގެ އެންމެ ބުއްދިވެރި ސިޔާސީ މުފައްކިރުގެ ގޮތުގައެވެ. ޗައިނާގެ އެލީޓް ޕީކިން ޔުނިވާސިޓީ ލޯ ސްކޫލަށް އޭނާ ވަދެވަޑައިގެންނެވީ ހަލަބޮލި ސަގާފީ އިންގިލާބަށް ފަހު ޔުނިވާސިޓީތައް ހުޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޕްރިމިއަރގެ ހައިސިއްޔަތުން ލީ ވަނީ އިގްތިސާދީ ގޮތުން ހަރުދަނާ ކުރިއެރުމެއް އޭނާގެ ވެރިކަމުގައި ޗައިނާއަށް ހޯއްދަވައިދެއްވައި، އެމެރިކާއާ އެކު ވިޔަފާރީގެ ނުތަނަވަސްކަން ފަދަ ގޮންޖެހުންތަކާ ކުރިމަތިލައްވައިފަ އެވެ.

އޭނާ އަވަހާރަވުމާ އެކު ޗައިނާއަށް ގެއްލުނީ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ހިމެނިވަޑައިގެންނެވި، ސިޔާސީ ގޮތުން މުހިންމު ޝަހުސިއްޔަތެއް އަދި އިސްކޮށް ހަރަކާތްތެރިވާ އަޑެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

- ކޮމެންޓް