ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 07:15
އޭފަދުށީ ކަޕް 2023ގެ މެޗެއް ބަލަަން ވަދެތިިބި ސަޕޯޓަރުން: ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވެއްޖެ
އޭފަދުށީ ކަޕް 2023ގެ މެޗެއް ބަލަަން ވަދެތިިބި ސަޕޯޓަރުން: ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވެއްޖެ
ފޭސްބުކް
އޭދަފުށީ ކަޕް
އޭދަފުށި ތާރީޚުގެ ތެރެއަށް: ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ބްލެކް މާކެޓަށް
ފައިނަލް މެޗުގެ ޓިކެޓް ވިއްކާފައިވަނީ 20ރ. އަށް، ބްލެކް މާކެޓުގެ އަގު 500ރ. އަށް

މިހާތަނަށް ޓިކެޓް ވިއްކައިގެން ރާއްޖޭގައި ފުޓްބޯޅަ މެޗުތައް ކުޅުވާފައިވަނީ މާލޭގަ އެވެ. ނަމަވެސް މި ތާރީޚު ފުޓްބޯޅަ އަށް މަޝްހޫރު އޭދަފުށިން ބަދަލުކޮށްލައިފި އެވެ. މޮޅު އެތަކެއް ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަނަށް ނެރުނު އޭދަފުށީގައި މިހާރު ކުރިއަށްދާ ރެޑްވޭވް އޭދަފުށި ކަޕްގެ ހުރިހާ މެޗެއްގައި ވަނީ ޓިކެޓް ވިއްކައިފަ އެވެ.

އެ ރަށުގައި މިއަދު ހަވީރު އޮތީ ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ފައިނަލް މެޗެވެ. ބައްދަލުކުރާނީ ވެލާ ސިޓީ އާއި ހުސްސޮންގުން އެވެ. މި ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވެ މިހާރު ޓިކެޓް ލިބެންހުރީ ބްލެކް މާކެޓުގަ އެވެ.

މުބާރާތް އިންތިޒާމްކުރާ އޭދަފުށީގެ އިސް އޮފިޝަލަކު މިއަދު ބުނީ ފައިނަލް މެޗުގެ ޓިކެޓް ވިއްކާފައިވަނީ 20 ރުފިޔާ އަށް ކަމަށެވެ. އޭގެ ކުރީގެ ހުރިހާ މެޗެއްގެ ޓިކެޓް ވިއްކީ 10ރ. އަށެވެ.

ފައިނަލް މެޗަށް ވިއްކަން މާކެޓަށް ނެރުނީ ގާތްގަނޑަކަށް 700އެއްހާ ޓިކެޓެވެ. އެ ރަށުގައި އަޅާފައިވާ ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމުގެ ފުލް ކެޕޭސިޓީ އަކީ 1000 އެވެ. ނަމަވެސް ވީވީއައިޕީ އާއި ވީއައިޕީ ގޮނޑިތައް ދޫކޮށްލައި ބާކީ 700 ޖާގަ އަށް ވިއްކި ހުރިހާ ޓިކެޓެއް މިހާރު ވަނީ ހުސްވެފަ އެވެ.

އޭފަދުށީ ކަޕް 2023ގެ ތެރެެއިން: މުބާރާތުގައި ކުޅުނީ ހަތަރު ޓީމު - ފޭސްބުކް
މިހާރު ގަންނަން ލިބެނީ ބްލެކް މާކެޓުގައި. 500ރ. އަށް ވެސް ޓިކެޓެއްގެ އަގު އެބައަރާ. އެ އަގުގައި ވެސް ބައެއް މީހުން ތިބީ ގަންނަ ގޮތަށް. އެހެންވީމާ ބުނެވޭނީ މުބާރާތުގެ ފޯރި ވަރަށް ރަނގަޅޭ. ވަރަށް ތަރުހީބު އެބައޮތޭ. ފުޓްބޯޅައިގެ ފޯރި އަތޮޅުތެރޭގައި އޮތްކަން މިއިން ދައްކައިދެނީ
އަބަދުލްވާހިދު / އޭދަފުށީގެ މަޝްހޫރު ކުޅުންތެރިޔާ

އޭދަފުށީގައި ތައްޔާރު ކުރި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމުގެ ރޮސްޓްރަމާ ވީ ފަޅީގެ ގޮނޑިބަރިތައް ނިމި ހުޅުވާލާފައިވާއިރު މި މުބާރާތާއެކު ރަށުގެ ފުޓްބޯޅައިގެ ފޯރި ކުރިއަށް ވުރެ ބޮޑުވެއްޖެކަމަށް އެރަށުގެ ކުޅުންތެރިން ވެސް ގަބޫލުކުރެ އެވެ. މި މުބާރާތުގައި ވިއްކާ ޓިކެޓްގެ 50 ޕަސެންޓް ލިބެނީ އެ މެޗެއްގައި ކުޅުނު ދެ ޓީމަށެވެ. އަނެއްބައި ކައުންސިލަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 30000ރ. އެވެ. ރަނައަޕް ޓީމަށް 20000ރ. އެވެ.

- ކޮމެންޓް