ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 05:40
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ފެރާން ޓޮރޭސް އުފާ ފާޅު ކުރަނީ
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ފެރާން ޓޮރޭސް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ތިން ވަނަ މޮޅާއެކު ބާސެލޯނާ އިން އެއް ވަނައިގައި ހަމަޖެހިލައިފި
 
ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި ޝަޚްތަރު ޑޮނެސްކު ބަލިކޮށް، ބާސެލޯނާ އިން ގްރޫޕް އެޗްގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

އޮލިމްޕިކޯ ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އަނިޔާގެ ސަބަބުން ބާސެލޯނާގެ މުހިންމު ކުޅުންތެރިން ކުޅެފައެއް ނުވެ އެވެ. އޭގެ ތެރޭގައި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ، ޕެޑްރީ، ފްރޭންކީ ޑި ޔޯން އަދި ރަފީނިއާ ހިމެނެ އެވެ. މީގެ އިތުރުން ރަތް ކާޑު ސަސްޕެންޝަންގެ ސަބަބުން ޒުވާން ކުޅުންތެރިޔާ ގަވީ ވެސް ކުޅެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފެރާން ޓޮރޭސް އެވެ. އޭގެ ފަހުން، 36 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ޓޮރޭސް އެވެ. ދެ ވަނަ ހާފުގައި ޝަޚްތަރު ޑޮނެސްކުން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. 62 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯޖީ ސުޑަކޯ އެވެ. އޭނާ އެ ލަނޑު ޖެހީ އިރާކްލީ އަޒަރޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ އަތުން ބަލިވި ޝަޚްތަރު ޑޮނެސްކަށް ތިން މެޗުން ލިބެނީ ތިން ޕޮއިންޓެވެ. އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް