ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 05:45
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ސަންޗޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ސަންޗޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސަލްޒްބާގް ބަލިކޮށް އިންޓަ އެއް ވަނަ އަށް
 
އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި އެފްސީ ސަލްޒްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން ގްރޫޕް ޑީގެ އެއް ވަނަ އަށް ޖެހިލައިފި އެވެ،

އިންޓަގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އިންޓަ އިންނެވެ. މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ޑޭވިޑް ފަރަޓެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސަލްޒްބާގުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މައުރިޓްސް ކައެގާޑް ތަނަަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮސްކާ ގްލައުޚް އެވެ. މެޗުން އިންޓަ މޮޅުވީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. 64 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް އިންޓަ އަށް ތިން ޕޮއިންޓު ހޯދައިދިނީ ހަކަން ޗަނޮގްލޫ އެވެ. އޭގެ ފަހުން އިންޓަގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުންް ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ.

މޮޅާއެކު ގްރޫޕް ޑީގެ އެއް ވަަނައިގައި އިންޓަ އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް