ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 13:23
ވޯލްޑް އޮފް ޓުމޯރޯ
ވޯލްޑް އޮފް ޓުމޯރޯ
"ވޯލްޑް އޮފް ޓުމޯރޯ"
"ވޯލްޑް އޮފް ޓުމޯރޯ" ގެ އިފްތިތާޙީ އިވެންޓް ބާއްވައިފި
ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެން ދިޔަ
އިވެންޓް ކުރިއަށް ގެންދިޔައީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން
އިވެންޓްގައި ރޮބަޓް ގާސިއާގެ މާސްޓަރ ކްލާހެއް ހިންގާފައިވޭ

އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓުމޯރޯއިން ކުރިއަށްގެންދާ ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް ބާއްވައިފިއެވެ.

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން މި އިވެންޓް ކުރިއަށް ގެންދިޔައީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެންނެވެ.

Advertisement

ޖުމްލަ 212 މީހުންގެ ބައިވެރިވުމާއި ކުރިއަށްގެންދާ މި އިވެންޓް ކުރިއަށް ގެންދިޔައީ ވަރަށް އިންޓަރެކްޓިވް ގޮތަކަށެވެ. މި އިވެންޓްގައި ރޮބަޓް ގާސިއާގެ މާސްޓަކްލާހެއް ހިންގާފައިވެއެވެ. އެ ކްލާސް ކުރިއަށް ގެންދިޔައީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" ގެ ނަމުގައެވެ. އެ މާސްޓަރ ކްލާހުގައި ބައިވެެރިންގެ މަޗްވަރާ އާއި ޚިޔާލުވެސް ވަނީ ހޯދާފައެވެ. މީގެ އިތުރުން މި އިވެންޓުގައި ކުރިއަށް ގެންދިޔަ ނެޓްވޯކިން ސެޝަންވެސް ކުރިއަށް ގެންދިޔައީ ވަރަށް ޝައުގުވެރި ގޮތަކަށެވެ.

މި އިވެންޓްގެ ޒަރީއާއިން އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް