ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 12:50
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށުނު
ޓޫއަރިޒަމް ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރުންވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ
އެޖެންޑާކޮށްފައިވާ ކަން ކަމުގެ ތެރޭގައި 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅި ސަޕްލިމެންޓްރީ ބަޖެޓްގެ ހުށަހެޅުން ހިމެނޭ
މިއަދު ވަޑައިގެންނެވީ ކިތައް މެމްބަރުންކަންވެސް އީވާ ހާމަކުރައްވާފައެއް ނުވޭ

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންގޮސް ކެންސަލްކޮށްފިއެވެ.

ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.

މަޖިލީސް ފެށުމަށް ހަމަޖެހިފައިވާ ގަޑި ޖެހުނު އިރުވެސް 22 މެންބަރުން ހަމަނުވާތީ އީވާ ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް އިއުލާން ކުރައްވާފައެވެ.

Advertisement

އެހެންނަމަވެސް ޖަލްސާ އަށް މިއަދު ވަޑައިގެންނެވީ ކިތައް މެންބަރުންކަންވެސް އީވާ ހާމަކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅި ސަޕްލިމެންޓްރީ ބަޖެޓްގެ ހުށަހެޅުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ޓޫއަރިޒަމް ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރުން ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް