ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 09:52
ކޮޕް26 ކޮންފަރެސްގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވަނީ
ކޮޕް26 ކޮންފަރެސްގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވަނީ
ރޮއިޓަރސް
އެމެރިކާގެ ކުރީގެރައީސް ބަރަކް އޮބާމާ
އިންސާނީ ހައްގުތަކަށް ބީރުކަންފަތެއް ދޭ އިސްރާއީލުގެ ކޮންމެ ނިންމުމަކުން އާޚިރުގަ ގޯސް ނަތީޖާއެއް ނިކުމެދާނެ: އޮބާމާ
 
އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމުގެ ކަންބޮޑުވުން ނަންގަވައިފައިވޭ
 
އަޅުވެތިކޮށްފައިވާ އާބާދީއަކަށް ކާނާއާއި ފެނާއި ކަރަންޓް ކަނޑާލަން އިސްރާއީލު ސަރުކާރުން ނިންމުމަކީ އިންސާނީ ދަތިކަން އިތުރުވަމުންދާ ކަމެއް ކަމަށް ވިދާޅުވި
 
ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި

ދުނިޔެއިން އިސްރާއިލް އަދި ފަލަސްތީނުގެ ކަންކަން ގާތުން ބަލަމުންދާއިރު، އިންސާނީ ހައްގުތަކަށް ނުބަލައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ނިންމާ ކޮންމެ ނިންމުމަކުން އާޚިރުގައި ގޯސް ނަތީޖާއެއް ނިކުތުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޔަހޫދީ ޒަޔަނިސްޓް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް އިޝާރަތްކުރައްވައި އޮބާމާ ނެރުއްވި ބަޔާނެއްގައި ވަނީ އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެހެން ނަމަވެސް އެ ބަޔާނުގައި އޮބާމާ ވެސް ވަނީ އިސްރާއީލަށް އެމީހުން އަމިއްލައަށް ދިފާއުވުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާގެ ބަޔާނުގައި ވިދާޅުވީ ނުލަފާ ޒަޔަނިސްޓު އިސްރާއީލަށް ހަމާސްއިން ދިން ބިރުވެރި ހަމަލާގައި ދިފާއީ ބާރު ނެތް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ހިމެނޭ ގޮތަށް އިސްރާއީލުގެ 1،400 އަށް ވުރެ ގިނަ ރައްޔިތުން މަރާލިތާ މިހާރު 17 ދުވަސް ވެއްޖެ ކަމަށެވެ. އަދި އިސްރާއީލުގެ އަސްކަރީ ސްޓްރެޓެޖީއަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާ ސްޓްރެޓެޖީއެއް ކަމަށާއި، އޭގެ ތެރޭގައި އާންމު އާބާދީތައް މަރު ނުވަތަ ތަކުލީފުން ވީހާވެސް ބޮޑަށް ދުރު ކުރުމަށް ބާރުއަޅާ ގާނޫނުތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ އެހެން ނަމަވެސް، އިންސާނީ ހައްގުތަކަށް ނުބަލައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ނިންމާ ކޮންމެ ނިންމުމަކުން އާޚިރުގައި ގޯސް ނަތީޖާއެއް ނިކުތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރުވެސް ޣައްޒާއަށް ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށާއި، ލައްކައެއްހާ މީހުންނަށް ގެދޮރުން ދޫކޮށްދާން މަޖުބޫރުކޮށްފައިވާ ކަމަށެވެ.

އިތުރަށް އޮބާމާ ވިދާޅުވީ އަޅުވެތިކޮށްފައިވާ އާބާދީއަކަށް ކާނާއާއި ފެނާއި ކަރަންޓް ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލަން އިސްރާއީލު ސަރުކާރުން ނިންމި ނިންމުމަކީ އިންސާނީ ދަތިކަން އިތުރުވަމުންދާ ކަމެއް ކަމުގެ އިތުރުން، އެއީ ފަލަސްތީން ރައްޔިތުންގެ ވިސްނުން ހުންނަގޮތް ޖީލުތަކެއް ވަންދެން އިތުރަށް ހަރުކަށިކޮށް، އިސްރާއީލަށް ދުނިޔޭގެ ތާއީދު ގެއްލޭނެ ކަމެއް ކަމަށެވެ.

އަދި އެކަމަކީ އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ހޯދުމަށް ދިގު މުއްދަތަކަށް ކުރާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެއް ކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
25%
25%
0%
50%
ކޮމެންޓް
ގުޅުންހުރި
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟