Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 22:41
އެންޑީއޭގެ ސީއީއޯ، އިމާދު ސާލިހް
އެންޑީއޭގެ ސީއީއޯ، އިމާދު ސާލިހް
ރާއްޖެއެމްވީ
އެންޑީއޭގެ މަސައްކަތްތައް
މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދުކަމަށް އެންޑީއޭގެ ސީއީއޯ ވިދާޅުވެއްޖެ
ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިން ކަންކަން ހިންގުމުގެ ފުރުސަތު ހަނި
ރާއްޖޭގައި މިކަމަށް ޚާއްސަ ފަންނީ ބޭފުޅުން މަދު
މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވާ މީހާގެ އަމިއްލަ މަސައްކަތުން އެކަމުން އަރައިގަތުމަށް މަސައްކަތްކުރުން މުހިއްމު

މަސްތުވާތަކެތީގެ ވަބާގައިޖެހޭ މީހުން މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދުކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިމާދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މީހުން ދުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދުކަމަށެވެ.

Advertisement

އެގޮތުން އިމާދު ވިދާޅުވީ، ރާއްޖޭގައި މިކަމަށް ޚާއްސަ ފަންނީ ބޭފުޅުން މަދުކަމަށާއި، ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިން ކަންކަން ހިންގުމުގެ ފުރުސަތު ހަނިކަމަށެވެ. އަދި ބައެއްފަހަރު އާއިލާތަކުންވެސް މިފަދަ ކަންކަމަށް އަޅާނުލާ ދޫކޮށްލާކަމަށެވެ. އެހެންކަމުން، ރަނގަޅު ގޮތުގައި އަވަހަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކުގެ ފަރުވާ ލަސްވެ، މަސްތުވަތަކެތީގެ ވަބާގެ ޝިކާރައަކަށް ވެގެންދާކަން އިމާދު ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވާ މީހާގެ އަމިއްލަ މަސައްކަތުން އެކަމުން އަރައިގަތުމަށް މަސައްކަތްކުރުން މުހިއްމުކަންވެސް އިމާދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިމާދު ވިދާޅުވީ، އެފަދަ މީހުން ފަރުވާއަށްފަހު އެނބުރި މުޖުތަމައަށް ނިކުތުމުން، އާއިލާއިންނާއި މުޅި މުޖުތަމައުން ބަލައިގަންނަންޖެހޭ ކަމަށެވެ.

އޭނަ ފަރުވާގެ ޕްރޮގްރާމް ނިންމާފަ އައުމާއެކީގަ މުޖުތަމައުން އޭނަ ބަލައިގަތުން. އޭނަގެ އާއިލާއިން އޭނައަށް އިތުބާރުކުރުމާ، އޭނަގެ މުޖުތަމައުން އޭނައަށް އިތުބާރުކުރުމާ، އޭނައަށް ވަޒީފާގެ ފުރުސަތު ލިބުމާ، ކަމެއްގަ އެންގޭޖްވެގެން އުޅުން. މަސްތުވާތަކެއްޗަށް އޭނަ މިދަނީ ކޮންމެސް ކަހަލަ ސަބަބުތަކެއް މެދުވެރިވެގެން. މިހެން ހަމަ ތިބެފަ ކުއްލިއަކަށް ދަނީކީ ނޫން. އެކަމަކު އެ ސަބަބުތައް އެގޮތުގަ ދެމިއޮންނަ ކަމަށް ވަނީނަމަ އަބަދުވެސް އޭނަ ރިލެޕްސްވުމުގެ ހައި ޗާންސް އޮންނާނެ.
އެންޑީއޭގެ ސީއީއޯ، އިމާދު ސާލިހް

އިމާދު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުތަކުގެ ވައުދުފުޅުތަކުގައި ވެސް މިހާރަށްވުރެ ބޮޑަށް މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުން އެ ވަބާއިން ދުރުކުރުމަށް ކުރާނެ ކަންކަން ދެނެގަނެ، އެކަމަށް ބާރުއަޅަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން މިކަމަށް ކުރާ ޚަރަދު އިތުރުކުރަންޖެހޭކަންވެސް އިމާދު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް