ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 19:26
ފަލަސްތީން އިސްރާއީލް މައްސަލަ
ފަލަސްތީން އިސްރާއީލް މައްސަލަ
ފަލަސްތީން - އިސްރާއީލް
ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިސްރާއީލުގެ ބަޔަކު ދޫކޮށްލަން އުޅުމުން އިސްރާއީލުން ހެދީ ދެކޮޅު
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައިޝަހީދުވި ޢައްޒާ ރައްޔިތުންގެ އަދަދު 4,651 އަށް ވަނީ އަރާފަ

މިހާރު ހިނގަމުންދާ ފަލަސްތީން އިސްރާއީލް ހަގުރާމައިގައި، ހަމާސް އިން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ބަޔަކު ދޫކޮށްލަން އުޅުމުން އިސްރާއީލުން އިންކާރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ހަމާސް އިން ވަނީ ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އުޅުމުން އެއީ ޕްރޮޕަގެންޑާ ފަތުރަން ކުރާ ކަމެއް ކަމަށް ބުނެ އިސްރާއީލުން އެކަމަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވަނީ ޣައްޒާ އަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރުދީފައެވެ. އަދި ޢައްޒާ އަށް އިތުރު ހަމަލާތައް ދިނުމަށް ހަތިޔާރާއި އެކު އެއްގަމު މަގުން ޢައްޒާ އަށް އަރާ ހަމަލާ ދިނުމަށް އިސްރާއީލުން ވަނީ ތައްޔާރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ޢައްޒާ އަށް ވަދެވޭނެ ފަހި މަގެއް އަދިވެސް ފެންނާކަށް ނެތެވެ. އިސްރާއީލުން ވަނީ އަދިވެސް ޣައްޒާ އަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެވެން ހުރި މަގުތައް ބަންދުކޮށްފައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 4,651 އަށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް