ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 10:49
ޓޮއިލެޓް، އެކް ޕްރޭމްކަތާގެ ޕޯސްޓަރ
ޓޮއިލެޓް، އެކް ޕްރޭމްކަތާގެ ޕޯސްޓަރ
ގޫގުލް
"ޓޮއިލެޓް، އެކް ޕްރޭމްކަތާ"
"ޓޮއިލެޓް، އެކް ޕްރޭމްކަތާ": ލީކުވެއްޖެ
 އިންޑިއާގެ ކްރައިމް ބްރާންޗުން ވަނީ މައްސަލަ ހައްލުކޮށްފައި

އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ޓޮއިލެޓް، އެކް ޕްރޭމްކަތާ" ރިލީޒް ކުރުމުގެ ކުރިން ލީކްކޮށްލައިފިއެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ހަދާފައިވާ "ޓޮއިލެޓް، އެކް ޕްރޭމްކަތާ" ލީކު ކޮށްލާފައިވީ ނަމަވެސް ގިނަ ބަޔަކަށް ފިލްމު ނުފެނި މައްސަލަ ވަނީ ހައްލުކުރެވިފައެވެ.

"ޓޮއިލެޓް، އެކް ޕްރޭމްކަތާ" ގެ ޕްރޮޑިއުސަރ ޕްރާނާ އަރޯރާ ނެރެފައިފާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ފިލްމު ލީކް ކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.  އިންޑިއާގެ ކްރައިމް ބްރާންޗުން އެޅި އަވަސް ފިޔަވަޅަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ. ހިންދީ ފިލްމުތަކުގެ ތެރެއިން  "އުޅްތާ ޕަންޖާބް"، "ސުލްތާން"، "ކަބާލީ" އަދި "ބާހުބަލީ 2" ވެސް ވަނީ ރިލީޒް ކުރުމުގެ ކުރިން ލީކު ކޮށްލައިފަ އެވެ.

ޝްރީ ނަރަޔަން ސިންގު ޑައިރެކްޓް ކޮށްފައިވާ  ކޯޕްރޮޑިއުސް ކޮށްފައިވަނީ އަކްޝޭ ކުމާރާއި ނީރާޖް ޕާންޑޭއެވެ. މި ފިލްމުގެ ލީޑުރޯލުން ފެނިގެންދަނީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާއެވެ. މިއީ އަކްޝޭ ކުމާރާއި ބޫމީ ޕެޑްނެކާގެ ފުރަތަމަ ފިލްމެވެ.

- ކޮމެންޓް