Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 05:42
މުއިއްޒު އާއި އުރުދުޣާން
މުއިއްޒު އާއި އުރުދުޣާން
ތުރުކީގެ ރައީސް ޑރ.މުއިއްޒު އަށް ގުޅުއްވުން
ތުރުކީގެ ރައީސް ޑރ.މުއިއްޒު އަށް ގުޅުއްވުން - ފަލަސްތީނުގެ ހާލަތާއި މެދު ވާހަކަދެއްކެވި
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އުރުދުޣާން ވިދާޅުވި
2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައި ވާތީ އެމަނިކުފާނަށް އުރުދުޣާން މަރުޙަބާ ދެންނެވި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއާ ދެ ބޭފުޅުން ފަލަސްތީނުގެ ހާލަތާމެދު ވާހަކަފުޅު ދައްކަވައިފިއެވެ.

ހޮނިހިރު ދުވަހު ފޯނުން ގުޅުއްވާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައި ވާތީ އެމަނިކުފާނަށް އުރުދުޣާން ވަނީ މަރުޙަބާ ދަންނަވާފައެވެ.

މީގެ އިތުރުން އެ ފޯނު ކޯލުގައި އިސްރާއީލުން ފަލަސްތީނަށް ދެމުންދާއި ހަމަލާތަކާއި ގުޅޭގޮތުންނާއި މެދުއިރުމަތީގެ މަސްރަހާއި ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

Advertisement

މީގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިމާވާ ގޮންޖެހުންތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ފޯނުކޯލުގައި ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ވެސް އެ ޤައުމުން މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

ޑރ،މުއިއްޒު އަށް މީގެ ކުރިން ވެސް ޤައުމުތަކުގެ އިސް ވެރިން ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުޚަބާ ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް