Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 05:39
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން
މަކުނުދޫގައި ގޭސްފުޅި އެއް ގޮވުން
މަކުނުދޫގައި ގޭސްފުޅި ގޮވި ހާދިސާ އެމްއެންޑީއެފް އިން ވެސް ދަނީ ތަހުގީގުކުރަމުން
ނިޔާވެފައިވަނީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން
އެ އިދާރާއިން ބުނިގޮތުގައި އެ އިދާރާއިން އެ ހާދިސާ ތަހުގީގުކުރަމުން ދަނީ ފުލުހުންނާއި ގުޅިގެން
ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގަ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ވެސް މަކުނުދޫގައި ގޭސްފުޅި ގޮވި ހާދިސާ ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނިގޮތުގައި އެ އިދާރާއިން އެ ހާދިސާ ތަހުގީގުކުރަމުން ދަނީ ފުލުހުންނާއި ގުޅިގެންނެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

އެ ހާދިސާގައި ދެ ބިދޭސީން ވަނީ މަރުވެފައެވެ.

Advertisement

ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުން ހާދިސާ ހިނގަން މެދުވެރިވީ މަކުނުދޫ މަސް މާރުކޭޓް ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި ނިޔާވެފައިވަނީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް