Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 16:41
ފެމިލީ ކޯޓް
ފެމިލީ ކޯޓް
އަވަސް
ފެމެލީ ކޯޓަށް ހުށަހެޅުނު މައްސަލަތައް
މިދިޔަ ސެޕްޓެމްބަރު މަހު ގެވެށި އަނިޔާއާއި ގުޅޭ 7 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފި
ވަރީގެ 119 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވޭ
ސެޕްޓެމްބަރު މަހު އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައި 12 މައްސަލައެއް ފެމެލީ ކޯޓަށް ހުށަހެޅިފައިވޭ
ގެވެށި އަނިޔާއާއި ގުޅޭ 8 މައްސަލައެއް ވަނީ ނިމިފައި

މިދިޔަ ސެޕްޓެމްބަރު މަހު ގެވެށި އަނިޔާއާއި ގުޅޭ 7 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފެމިލީ ކޯޓުން އާންމުކުރި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު ގެވެށި އަނިޔާއާއި ގުޅޭ 7 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި 8 މައްސަލައެއް ނިމިފައިވާއިރު، 7 މައްސަލައެއް ނުނިމި ހުރިއިރު، އޮގަސްޓް މަހު ހުށަހެޅިފައިވާ 8 މައްސަލައެއް ނުނިމޭކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

Advertisement

މީގެއިތުރުން، ވަރީގެ 119 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި 123 މައްސަލައެއް ނިމިފައިވާއިރު، 181 މައްސަލައެއް ނުނިމި ހުރިއިރު، އޮގަސްޓް މަހު ހުށަހެޅިފައިވާ 185 މައްސަލައެއް ނުނިމޭކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

އޭގެއިތުރުން، ސެޕްޓެމްބަރު މަހު އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައި 12 މައްސަލައެއް ފެމެލީ ކޯޓަށް ހުށަހެޅިފައިވާއިރު، 11 މައްސަލައެއް ވަނީ ނިމިފައެވެ. އަދި 35 މައްސަލައެއް ނުނިމި ހުރިއިރު، އޮގަސްޓް މަހު ހުށަހެޅިފައިވާ 34 މައްސަލައެއް ނުނިމޭކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް