Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 16:44
ފެމިލީ ކޯޓް
ފެމިލީ ކޯޓް
ޓްވިޓަރ
ފެމެލީ ކޯޓަށް ހުށަހެޅުނު މައްސަލަތައް
މިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނާއި ގުޅުންހުރި 10 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފި
ސެޕްޓެމްބަރު މަހު ޚަރަދުގެ މައްސަލަތައް ގޮތުގައި 9 މައްސަލައެއް ފެމެލީ ކޯޓަށް ހުށަހެޅިފައިވޭ
ޚަރަދުގެ 23 މައްސަލައެއް ނުނިމި
ކުޑަކުދިންނާއި ގުޅުންހުރި އޮގަސްޓް މަހު ހުށަހެޅިފައިވާ 33 މައްސަލައެއް ނުނިމޭ

މިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނާއި ގުޅުންހުރި 10 މައްސަލައެއް ހުށަހެޅިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ފެމިލީ ކޯޓުން އާންމުކުރި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެމްބަރު މަހު ކުޑަކުދިންނާއި ގުޅުންހުރި 10 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވާއިރު، އޭގެތެރެއިން 7 މައްސަލައެއް ވަނީ ނިމިފައެވެ. އަދި 36 މައްސަލައެއް ނުނިމި ހުރިއިރު، އޮގަސްޓް މަހު ހުށަހެޅިފައިވާ 33 މައްސަލައެއް ނުނިމޭކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

Advertisement

މީގެއިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު ޚަރަދުގެ މައްސަލަތައް ގޮތުގައި 9 މައްސަލައެއް ފެމެލީ ކޯޓަށް ހުށަހެޅިފައިވާއިރު، އޭގެތެރެއިން 3 މައްސަލައެއް ވަނީ ނިމިފައެވެ. އަދި 23 މައްސަލައެއް ނުނިމި ހުރިއިރު، އޮގަސްޓް މަހު ހުށަހެޅިފައިވާ 17 މައްސަލައެއް ނުނިމޭކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް