ބޭންކް އޮފް މޯލްޑިވްސްގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލުތަކާއެކު އެ ބޭންކުގެ ބްރާންޗް އަދި ސަރވިސް ސެންޓަރުން ޚިދުމަތް ހޯދުމަށް ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދޭނެ ކަމަށެވެ. އެގޮތުން، ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިއަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީޚާއި ގަޑި ފަސޭހަކަމާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ޕަރސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބޭންކުގެ ޓީމާއި ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށެވެ. އަދި ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންއާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް އަށް ވަދެވޭނެއެވެ.