ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 03:44
ފަލަސްތީނުގެ ބަޔަކު ގައު އުކަނީ: ހޮނިހިރު ދުވަހު ވަނީ ފަލަސްތީން ދެ މީހަކު މަރާލާފައި
ފަލަސްތީނުގެ ބަޔަކު ގައު އުކަނީ: ހޮނިހިރު ދުވަހު ވަނީ ފަލަސްތީން ދެ މީހަކު މަރާލާފައި
އަލްޖަޒީރާ
އިޒްރާއިލް-ފަލަސްތީން
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
މަރާލާފައި ވަނީ 17 އަހަރާއި 18 އަހަރުގެ ދެމީހުން

މުޒާހަރާ ކުރަމުންދިޔަ މީހުން މައިތިރިކުރުމުގެ ތެރޭގައި އިސްރާއީލް ސިފައިން ފަލަސްތީނުގެ ދެމީހުން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އުމުރުން 17 އަހަރުގެ އުދޭ ނަވަޖާ މަރުވެފައި ވަނީ ޖެރޫ ސަލަމްގެ އިރުމަތީގައި އޮންނަ އަލް އެއިޒާރިއާގައި އިސްރާއީލް ސިފައިން ޖެހި ލައިވް ވަޒަން އަރާ ޒަޚަމް ވުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

އުމުރުން 18 އަހަރުގެ އަނެއް ޒުވާނާ މަރުވެފައިވަނީ އިސްރާއީލް ސިފައިންގެ ތެރެއަށް ޕެޓްރޯލް ބޮމެއް އެއްލަން އުޅެނިކޮށް އެ ގޮއްވާލައިގެންނެވެ.

އިސްރާއީލް ފުލުހުން ބުނީ ޖެރޫ ސަލަމްގައި އެމީހުންނާ ދެކޮޅަށް އޮއްގަލާއި ފުޅި އުކަމުން ދިޔަ ފަލަސްތީނުގެ މީހުން މައިތިރި ކުރުމުގެ ގޮތުން ރައިޓް ގިއަރ ބޭނުން ކޮށްފައިވާނޭ ކަމަށެވެ.

ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ސްޓަން ގްރެނޭޑް އަދި ފެންހޮޅި ބޭނުން ކޮށްފައި ވެއެވެ.

ހުކުރު ދުވަހު އިސްރާއީލްގެ ތިން މީހަކު މަރާލުމާ ގުޅިގެން ކޮބަރގެ ވެސްޓް ބޭންކް ވިލެޖަށް ވަނީ އިސްރާއީލް ފުލުހުންގެ އިތުރު ފޯސްތައް ފޮނުވައިގެން، އިސްރާއީލް ސިފައިންނަށް ހަމަލާ ދޭނެ ކަމަށް ބެލެވޭ މީހުން ތިބޭ ގޭގެއަށް ވަދެ ބަލާ ފާސްކުރަމުންނެވެ.

ހުކުރު ދުވަހު އިސްރާއީލްގެ ތިން ފުލުހަކު މަރުވެފައި ވަނީ ޖެރޫ ސަލަމްގައި ހުންނަ އަޤްޞާ މިސްކިތް ހުންނަ ސަރަހައްދަށް ވަދެވޭ ދޮރުގައި މެޓަލް ޑިޓެކްޓަރ ހަރުކުރުމާ ގުޅިގެން ފަލަސްތީނު ރައްޔިތުން ނުކުމެ ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ.

އިސްރާއީލްގެ ޓީވީ ޗެނަލް 2 އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެރޭ އެ މެޓަލް ޑިޓެކްޓަރ ނަގާނެ އެވެ. އެކަމަކު އިސްރާއީލްގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ނުބުނެއެވެ.

 

- ކޮމެންޓް