ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 18:43
މަޖިލިސް
މަޖިލިސް
241 ކޮމިޓީ
ޕޮލިސް ބޯޑުން އެދޭ ކަންކަން ހޯމް މިނިސްޓްރީން ކޮށްނުދޭކަމަށް ބުނާ މައްސަލަ - ކަމާ ގުޅުންހުރި ފަރާތްތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ
 
ޕޮލިސް ބޯޑާއި ފުލުހުންނާއި ހޯމް މިނިސްޓްރީ ހާޒިރުކުރާނެ
 
ހާޒިރުކުރާނެ ވަކި ތާރީޚެއް އަދި ކަނޑައެއްނާޅާ

ޕޮލިސް ބޯޑުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކުރަން ހަމަޖެހިފައި ވާކަމަށް، އެ މައްސަލަ ބަލަމުންދާ 241 ކޮމިޓީން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ވާހަކަފުޅު ދައްކަވަމުން، އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޕޮލިސް ބޯޑުން އެދޭގޮތަށް ހޯމް މިނިސްޓްރީން އަމަލު ނުކުރާކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ވާކަމަށެވެ. އަސްލަމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހުރި ޝަކުވާތައް އެ ކޮމިޓީއަށް ލިބިފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޕޮލިސް ބޯޑާ ބައްދަލުކޮށްފައި ވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ބެހޭގޮތުން ޕޮލިސް ބޯޑުން ކޮމިޓީއަށް މައްސަލަ ހުށަހަޅާފައިވާއިރު، މައްސަލައާ ގުޅުންހުރި އިތުރު ތަފްސީލްތައް 241 ކޮމިޓީން ހޯދާފައި ވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ހޯމް މިނިސްޓްރީއާވެސް ކޮމިޓީއާ ބައްދަލުވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ކޮމިޝަނަރ އޮފް ޕޮލިސްއާ ވެސް އެ ކޮމިޓީގެ ފަރާތުން ބައްދަލުކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕޮލިސް ބޯޑުގެ މައިގަނޑު ޝަކުވާއަކީ، އެ ބޯޑުން އެދޭ ކަންކަން ހޯމް މިނިސްޓްރީން ނުކުރުން ކަމަށްވާއިރު، އެ ފަރާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމާބެހޭ ކަރުދާހެއް އެކުލަވާލާފައިވާކަން އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. އެ މައްސަލައާމެދު ގޮތެއް އެކުލަވާލާފައިވާ ކަރުދާހުގައި، މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ވަނީ ހިމަނާފައެވެ.

އިތުރަށް އެ މައްސަލައާ ގުޅުންހުރި ކަންކަން ސާފުކުރުމަށް 3 ފަރާތެއް 241 ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމަވާފައެވެ. އެއީ މޯލްޑިވްސް ޕޮލިސް ބޯޑާއި، ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއެވެ. މީގެ ކުރިން އެ ފަރާތްތަކާއި ބައްދަލުކުރީ ވަކިވަކިންނެވެ. ނަމަވެސް ބުދަ ދުވަހުގެ ކޮމިޓީގައި އެ 3 ފަރާތް އެކުގައި މަޖިލީހަށް ހާޒިރުކުރުމާމެދު މެމްބަރުންނަށް ފެންނަ ގޮތެއް ސާފުކުރުމަށް ކޮމިޓީގެ މުގައްރިރު އަސްލަމް ވަނީ ސުވާލުކުރައްވާފައެވެ.

އެ މަޝްވަރާތަކަށްފަހު ނިންމީ އެ 3 ފަރާތާވެސް ކޮމިޓީން އެއްފަހަރާ ބައްދަލުކުރުމަށެވެ. އަދި އެކަން ކުރާނީ އަންނަ ހަފުތާގައި ނުވަތަ އޭގެ ފަހު ހަފުތާގައި ކަމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި
މިސަރުކާރުގެ 8 ސަފީރުންނަށް މަޖިލީހުން ރުހުން ދީފި