Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 18:57
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ދަނީ ވިއްސާރަ ކުރަމުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ދަނީ ވިއްސާރަ ކުރަމުން
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ވިއްސާރަކުރާނެ - މެޓް
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާއްމު ގޮތެއްގައި ފިނިހޫނުމިން ރަނގަޅު ދުވަސްވަރެއް
ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނެއްގައި

ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގެ ސަރަހައްދުގެ ވައި މަޑުވުމާ ގުޅިގެން، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ މި ހަފުތާ ބަންދުގައި އުތުރާމެދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނާގޮތުން، މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރު ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް 5 މޭލާ 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ހަމައެހެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާއްމު ގޮތެއްގައި ފިނިހޫނުމިން ރަނގަޅު ދުވަސްވަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް