ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 15:08
ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު
ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު
ރޮއިޓާސް
ލިވަޕޫލް
ފަލަސްޠީނު މުސްލިމުންގެ ދިފާއުގައި ލިވަޕޫލްގެ ޞަލާޙު!
ފާއިތުވި ހަފުތާތަކުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަކީ ކެތްނުކުރެވޭ ވަރުގެ ހަމަނުޖެހުން ތަކެއް

އިސްރޭލުގެ ޔަހޫދީން، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު ގޮވާލައިފިއެވެ.

ޞަލާޙް މިހެން ގޮވާލީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި ވީޑިއޯ މެސެޖެއްގައެވެ. ޞަލާޙު ބުނީ، މިފަދަ ދަނޑިވަޅެއްގައި ވާހަކަދެއްކުމަކީ ކޮންމެހެން ފަސޭހަ ކަމެއް ނޫންކަމަށެވެ. މާ ބޮޑަށް ހަމަނުޖެހުން ހިންގައި، މާ ބޮޑަށް ހިތްދަތިކަމާއި އަނިޔާވެރިކަން ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފާއިތުވި ހަފުތާތަކުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަކީ ކެތްނުކުރެވޭ ވަރުގެ ހަމަނުޖެހުން ތަކެއްކަން ފާހަގަކޮށް ޞަލާޙު ބުނީ، ކޮންމެ ފުރާނައަކީވެސް ޙުރުމަތްތެރިވެގެންވާ ދިރުމެއް ކަމަށާއި، އެ ދިރުން ޙިމާޔަތްކުރަން ޖެހޭނެކަމަށެވެ. މީގެ އިތުރުން އެ މީހުން މެރުން ހުއްޓުވަންޖެހޭ ކަމަށް ވެސް ޞަލާޙު ވަނީ ގޮވާލާފައެވެ.

ޞަލާޙު ބުނެފައި ވާގޮތުގައި ހަނގުރާމައިގެ ސަބަބުން ޢާއިލާތައް ދަނީ ކެތްނުކުރެވޭ ވަރުގެ ހިތްދަތިކަން އިޙުސާސްކުރަމުން ކަމަށެވެ. މީގެ އިތުރުން ޣައްޒާގެ ހޮސްޕިޓަލުގައި ފެނުނު މަންޒަރުތަކަކީ ބިރުވެރި މަންޒަރުތަކެއް ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ލިބެން ޖެހޭނެ ކަމަށްވެސް ޞަލާޙު ވަނީ ބުނެފައެވެ. އިތުރަށް އޭނާ ބުނީ ކުށެއް ނެތް ފުރާނަތައް އިތުރަށް ކަތިލުން ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުން އެކަތިގަނޑަކަށް ވުމަށް ގޮވާލާ ކަމަށެވެ. އަނިޔާވެރިކަމުގެ މައްޗަށް، އިންސާނިއްޔަތު ގަދަވާން ޖެހޭ ކަމަށް ވެސް ޞަލާޙު ވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާއިރު، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުންވެސް އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.

- ކޮމެންޓް
19 އޮކްޓޯބަރ 2023 | ބުރާސްފަތި 15:23
ސަލާ ގެ ފޭން އެއް
އެސޮރަށް މެދުއިރުމަތިން އައި ޕްރެޝަރާ ހުރެ އެހެން ބުނީ. މިއޮއް ހުރިހާ ދުވަހުވެސް އޭނަ އެކައްޗެއްވެސް ނުބުނޭނު. ކުރިސްމަސް ފާހަގަ ކުރުން އޭނަ ކަމަކީ. ވަރަށް ޓޫ ފޭސްޑް.