Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 05:42
މާފަރު އެއާޕޯޓުގެ ފިޔުލް ފާމު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާފަރު އެއާޕޯޓުގެ ފިޔުލް ފާމު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވިއަން
މާފަރު އެއާޕޯޓުގައި ގާއިމުކުރި ފިޔުލް ފާމް
މާފަރު އެއާޕޯޓުގައި ގާއިމުކުރި ފިޔުލް ފާމް ބޭނުން ކުރަން ފަށައިފި
މި ފިޔުލް ފާމުގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭ
35،000 ލީޓަރުގެ އެއަރކްރާފްޓް ރީފިޔުލާއަކާއި 20،000 ލީޓަރުގެ އެއަރކްރާފްޓް ރީފިޔުލާއެއް ވަނީ ގާއިމުކޮށްފައި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ފިޔުލް ފާމު ހުޅުވައިފިއެވެ.

މިއީ އައިލެންޑް އޭވިއޭޝަނުން ގާއިމުކުރި ފުރަތަމަ ފިޔުލްފާމެވެ. މި ފިޔުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސްކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އަންގާރަ ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިޔުލް ފާމް ހުޅުއްވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު މިހާދު އާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުފައްދަލް އިދުރީސް ކުމްރީއެވެ،

Advertisement

މި ފިޔުލްފާމުގެ ސަބަބުން މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަން ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އެގޮތުން، މި ފިޔުލް ފާމުގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭއިރު 35،000 ލީޓަރުގެ އެއަރކްރާފްޓް ރީފިޔުލާއަކާއި 20،000 ލީޓަރުގެ އެއަރކްރާފްޓް ރީފިޔުލާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ފިޔުލްފާމުގެ ސަބަބުން އެއަރލައިންތަކަށް މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް ސީދާ ދަތުރު ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެ ދަތުރުތަކަށް ކުރަން ޖެހޭ ޚަރަދުތައް ވެސް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް