ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 13:08
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އިސްރާއިލް ފަލަސްތީން ހަނގުރާމަ
ހަނގުރާމަ ހޫނުވަމުންމިދާ ދަނޑިވަޅާ ދިމާކޮށް އެމެރިކާގެ ރައީސް އިސްރާއިލް އަށް ވަޑައިގަންނަވަނީ
 
އިސްރާއިލްގެ ހަނގުރާމަ މަތީ ޖެޓްތަކުން އެންމެ ފަހުން ބޮމުގެ ހަމަލާތައް ދީފައިވަނީ މިސްރަށް ވަދެވެން އޮންނަ ރަފާހް ކްރޮސިންގ ކައިރި އަށެވެ
 
ޖެރޫސަލަމް އަދި ތެލްއަވީވް އަށް އަމާޒުކޮށް އިތުރު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ

މިހާރު ކުރިޔަށްދާ އިސްރާއިލް ފަލަސްތީން ހަނގުރާމަ ހޫނުވެ ރޮކެޓާ ބޮމުގެ ހަމަލާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއިލަށް ދަތުރު ފުޅެއް ކުރައްވަން ގަސްތު ކުރައްވާކަން އިއުލާން ކުރައްވައިފިއެވެ. ބުދަ ދުވަހު ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ފުޅުގައި، ހަމާސް ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއިލުން ދިނުމަށް ޕްލޭން ކުރާ އިތުރު ހަމަލާތަކުގެ ތަފްސީލް ހޯއްދަވާނެ ކަމަށް ޚަބަރުލިބެއެވެ. އަދި އާންމުނަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ހަމަލާތައް ކުރިއަށް ގެންދިއުމަށް ބައިޑަން ބާރު އަޅުއްވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. މީގެ އިތުރުން ހަމާސް އިން ހިފަހައްޓާފައިވާ އަސީރުން މިނިވަން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައިޑަން މަޝްވަރާ ކުރައްވާނެ ކަމަށް ވެއެވެ.

ހަނގުރާމަ ކުރިޔަށް ދާއިރު ޖެރޫސަލަމް އަދި ތެލްއަވީވް އަށް އަމާޒުކޮށް އިތުރު ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ.

ދެފަރާތުންވެސް ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންދާއިރު ޒަޚަމްވާމީހުން ނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްތައް ނުކުޅެދޭހާލަތަށް ދިއުމާ ގާތްވެފައިވާ ކަމަށް އދގެ އޭޖެންސީތަކުން ދަނީ ބުނަމުންނެވެ.

އިސްރާއިލްގެ ހަނގުރާމަ މަތީ ޖެޓްތަކުން އެންމެ ފަހުން ބޮމުގެ ހަމަލާތައް ދީފައިވަނީ މިސްރަށް ވަދެވެން އޮންނަ ރަފާހް ކްރޮސިންގ ކައިރި އަށެވެ. އޭރު އެހީގެ ތަކެތި ވެއްދުމުގެ ހަރަކާތް ތައްވެސް އެހިސާބުގައި ކުރިޔަށް ދަނީއެވެ. މިހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތަފްސީލްތައް ވެސް އަދި ލިބިފައެއް ނުވެއެވެ.

އަނެއްކޮޅުން އިސްރާއިލުން ވަނީ ހަމާސުން ހިފަހައްޓާފައިވާ ރަހީނުންގެ އަދަދަކީ 155ނޫންކަމަށާ 199ރަހީނުން އެބަތިބި ކަމަށް ބުނެފަ އެވެ.

މިހަނގުރާމައިގައި ފުރަތަމަ ހަމާސްއިން ދިން ހަމަލާތަކުގައި އިގިރޭސި ވިލާތުގެ ހަ ރައްޔިތުން މަރުވެފައިވާ ކަމަށް އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެފައިވެއެވެ. އަދި އިތުރު 10 މީހުން ވަނީ ގެއްލިފަ ކަމަށް ވިދާޅުވިއެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން އިސްރާއިލްގެ ހަމަލާތައް ފުޅާކޮށް ލުބްނާންގައިވާ ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ ބައެއް ތަންތަނަށްވެސް ބޮމުގެ ހަމަލާތަކެއް ދީފިއެވެ. ހިޒްބުﷲއަކީ އީރާންގެ މަދަދުލިބޭ ޖަމާއަތަކަށް ވާއިރު، މިހަމަލާތަކާ ގުޅިގެން އީރާނުންވެސް އިސްރާއިލްއަށް ވަނީ އިންޒާރު ދީފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި