Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 15:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ދެ ބިލެއް ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވައިފި
ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ފެންނަކަމަށް 40 މެންބަރުން ވޯޓުދެއްވި
އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު ބަލައިގަތުމަށް ފެންނަކަމަށް 43 މެންބަރުން ވޯޓުދެއްވި

އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ދެ ބިލެއް ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲއެވެ.

މި ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް މިނިވަން މުއައްސަސާ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރުމަށް ފެންނަކަމަށް، 43 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްވުމަށް ބޭނުންވާ އަދަދަކީ 22 ވޯޓެވެ.

Advertisement

މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ފެންނަކަމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްވުމަށް ބޭނުންވާ އަދަދަކީ 21 ވޯޓެވެ. އެއާއެކު މި ބިލުގައި ޓެކްސްއަކާބެހޭ މާއްދާއެއް ހިމެނޭތީ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު ބަލައިގަތުމަށް ފެންނަކަމަށް 43 މެންބަރުން ވޯޓުދެއްވިއެވެ. ފާސްވުމަށް ބޭނުންވާ އަދަދަކީ 22 ވޯޓެވެ. އަދި މި ބިލް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަދި މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގައި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ފާސްނުވެ ގިނަ ދުވަސްވާތީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މެންބަރު ވިދާޅުވީ މި ބިލަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ އޮންްނަ ގުޅުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ގާއިމުކުރުމަށް މުހިންމު ބިލެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް