ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 05:30
 ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023
ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023
އިޓަލީގެ އެންމެ ވަރުގަދަ ޓޫރިޒަމް ފެއަރ
ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023 ގައި ރާއްޖެ އިޝްތިހާރުކޮށްފި
އެމްއެމްޕީއާރްސީން ބުނީ އެ ފެއަރގައި ބައިވެރިވެފައި ވަނީ ޖުމްލަ 33 ކޯ އެގްޒިބިޓަރުންނާއި އެކުގައި ކަމަށް
ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ފެއަރ
ފެއަރ ކުރިއަށް ދަނީ މިމަހުގެ 11 އިން 13އަށް

އިޓަލީގައި ބޭއްވި ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023 ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ އިޓަލީގެ ރިމިނީ އެކްސްޕޯ ސެންޓަރުގައި އޮތް މި ހަރަކާތުގައި ރާއްޖެ އިޝްތިހާރުކޮށްފައެވެ.

މިމަހުގެ 11 އިން 13އަށް ކުރިއަށްދާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ފެއަރގައި ބައިވެރިވެފައި ވަނީ ޖުމްލަ 33 ކޯ އެގްޒިބިޓަރުންނާއި އެކުގައި ކަމަށެވެ.

މިފެއަރގެ ޒަރީއާއިން އުފެއްދުންތަކާއި ހިދުމަތްތައް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ކޮންސިއުމަރުންނަށް ހުށަހެޅުމަށް ފުރުސަތު ލިބުނު ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި މި ފެއާއަކީ އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެންމެ ފަހުގެ ޕްލޭންތައް އަންގާދިނުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. މީގެ އިތުރުން މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކުގެ ތެރޭގައި ހިމެނޭ ރިސޯޓ،ް ގެސްޓްހައުސ،ް ލިވަބޯޑް ފަދަ ތަންތަނުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް