ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 10:52
ދަނގެތިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޑޯނިއަރގައި ކުރަން ވަނީ ފަށާފައި
ދަނގެތިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޑޯނިއަރގައި ކުރަން ވަނީ ފަށާފައި
ރާއްޖެއެމްވީ
ދަނގެތިން މީހަކު ގެއްލުން
ދަނގެތިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޑޯނިއާގައި ކުރަން ފަށައިފި
 
ގެއްލިގެން ހޯދަމުންދަނީ 68 އަހަރުގެ މީހެއް
 
އެމްއެންޑީއެފަށް ރިޕޯޓް ލިބުނީ އިއްޔެ މެންދުރު

އދ. ދަނގެތިން މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ޑޯނިއަރ ބޭނުންކޮށްގެން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި ހޮނިހިރު ދުވަހުގެ ފަތިހު މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.

މިމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ. ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް 'ހަކުރާ' އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 11:42 އެހާއިރުއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި 68 އަހަރުގެ އެ މީހާ ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ. ރަންވެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިދިނުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
20%
0%
40%
20%
20%
0%
ކޮމެންޓް
ގުޅުންހުރި
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި، އަދިވެސް ނުފެނޭ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް
ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި
ބޭރުގެ ފަސް ޤައުމެއްގެ ސިފައިންނާއެކު "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 12" ފަށައިފި