Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 09:06
މޫސުން
މޫސުން
ރާއްޖެއެމްވީ
މޫސުން
އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް، ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން މެންދުރު 12:00ށެވެ. ހުކުރު ދުވަހުގެ ރޭ ވެސް މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މޫސުމާބެހޭ ހައުމީ އިދާރާއިން ވަނީ އެލާޓް އިއުލާންކޮށްފައެވެ.

އެލާޓްގެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތުގައި، ބައެއް ރަށްރަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް