މުވައްޒަފުންނަށް ޗުއްޓީ ދޭ އިރު ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން ޗުއްޓީ ހަމަޖެއްސުމަށް މުއައްސަސާތަކަށް އަންގައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނަންޓް ސެކެޓްރީ އިންނާއި ސެކެޓްރީ ޖެނެރަލުންނާއި ޒިންމާދާރު ވެރިންނަށް ފޮނުވި ސިޓީގައި އެކަމާއި ގުޅޭ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ.
ސިވިލް ސަރވިސްގެ ސިޓީގައި ވަނީ ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންނަށް އަރީ ޗުއްޓީ ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށްދީފައެވެ.
އެ ކޮމިޝަނުން ބުނީ މިހާރު ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވީ ނަމެސް ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި ހޮނިހިރު ދުވަހަކީ ބަންދު ދުވަހެއްކަމުގައި ނުހިމަނާ އަހަރީ ޗުއްޓީ ގުނަމުންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ވުމާއި އެކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންގެ ޗުއްޓީ ދޭއިރު ހޮނިހިރު ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ގުނައިގެން އަހަރީ ޗުއްޓީ ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.
އަދި އެ މިންގަނޑާއި ޚިލާފަށް އަހަރީ ޗުއްޓީ ހަމަޖައްސާފައިވާ މުވައްޒަފުންގެ ޗުއްޓީގެ ދުވަސްތައް އެ މިންގަނޑަށް ރިއާޔަތްކުރުމަށް ފަހު އެޖެސްޓްކުރުމަށް ވެސް ސީއެސްސީން ވަނީ އަންގާފައެވެ.
މި އެންގުން މި ގޮތަށް އަންގާފައި ވަނީ އޮކްޓޯބަރ މަހުގެ 12ވީ ބުރާސްދަތި ދުވަހުއެވެ.