ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 05:22
ޣައްޒާ
ޣައްޒާ
އަލް ޖަޒީރާ
އިސްރާއީލު - ހަމާސް ހަނގުރާމަ
ފަލަސްތީނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1500ން މައްޗަށް، އޭގެތެރޭގައި 500 ކުޑަކުދިން
ޝަހީދުވި މީހުންގެ ތެރޭގައި 500 ކުޑަކުދިންނާއި 276 އަންހެނުން ހިމެނޭ
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 6612ށް އަރާފައި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 1537ށް އަރައިފިއެވެ،

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި އޭގެތެރޭގައި 500 ކުޑަކުދިންނާއި 276 އަންހެނުން ހިމެނެއެވެ. އަދި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 6612ށް އަރާފައެވެ.

އިސްރާއީލުން ވަނީ ހަމާސް ނައްތާލާނެކަމުގެ ވައުދާއެކު ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ވަޔާއި، ކަނޑާއި އެއްގަމު މަގުން ދޭން ފަށާފައެވެ. ހޮނިހިރު ދުވަހު ފެށި ހަމަލާތަކުގައި އިސްރާއީލުން އަންނަނީ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހުރަސްތައް ކުރިމަތިކުރަމުންނެވެ. މީގެއިތުރުން އިސްރާއީލުން ވަނީ މުޅި ޣައްޒާއިން ފެނާއި ކަރަންޓާއި ތެޔޮ ފޯރުކޮށްދޭ މަގުތައް ބަންދުކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާ އާއި ޔޫރަޕުން އަންނަނީ ހަމާސް އިން އިސްރާއީލަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެކަންކަމާމެދު އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން ބަލަމުންނެވެ. ހަނގުރާމައަށް ހަ ދުވަސް ވެފައިވާއިރު މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާއަށް އަމާޒުކޮށް 6000 ބޮން އަޅާފައެވެ. މި ބޮމުގެ ހަމަލާތައް ދީފައިވަނީ 3600 ތަނަކަށް ޓަރގެޓްކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް