ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 20:08
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގެ އިންޑިއަން ޓްރީޓީ ރޫމްގައި، ޔަހޫދީ މުޖުތަމައުގެ ލީޑަރުންނާއެކު ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަނީ --
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގެ އިންޑިއަން ޓްރީޓީ ރޫމްގައި، ޔަހޫދީ މުޖުތަމައުގެ ލީޑަރުންނާއެކު ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަނީ --
ރޮއިޓާސް
ޖޯ ބައިޑަން
ހަމާސްއިން ކުޑަކުދިންގެ ބޯ ކަނޑާކަމަށް ވިދާޅުވެ ބައިޑަން ހެއްދެވި އިތުރުފުޅު ވައިޓްހައުސްއިން އަނބުރާ ގެންގޮސްފި
ވައިޓްސް ހައުސްއިން ބުނީ ބައިޑެން އެހެން ވިދާޅުވީ މީޑިއާތަކަށް ރިއާޔަތްކުރައްވައި ކަމަށް

ހަމާސް ޖަމާއަތުން އަސީރުންގެ ގޮތުގައި އިސްރާއީލުގެ ކުޑަކުދިން ހައްޔަރުކޮށް އެކުދިންގެ ބޯ ކަނޑާކަމަށް ވިދާޅުވެ ބައިޑަން ހެއްދެވި އިތުރުފުޅު ވައިޓްހައުސްއިން އަނބުރާ ގެންގޮސްފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުދަ ދުވަހު ގައުމީ ޓީވީ މެދުވެރިކުރައްވައި، އެމެރިކާގައި ތިބި ޔަހޫދީ މުޖުތަމައާ މުޚާތަބު ކުރައްވައި ވިދާޅުވީ، ހަމާސް ޖަމާއަތާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިޒްރޭލަށް އޭނާގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަމަށާއި އިޒްރޭލުގައި ތާށިވެފައި ތިބި އެމެރިކާ މީހުން މިނިވަން ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލާއި ހަމާސް ހަނގުރާމައިގެ ބިރުވެރިކަން ސިފަކުރައްވަމުން ބައިޑަން ވިދާޅުވީ، ޓެރަރިސްޓުން (ހަމާސްއިން) ކުޑަކުދިންގެ ބޯ ކަނޑާ ފޮޓޯތައް ފެންނާނެ ކަމަށް ހަގީގަތުގައި ދުވަހަކުވެސް އޭނާ ހީފުޅުނުކުރައްވާ ކަމަށެވެ.

ބައިޑަންގެ މިވާހަކަފުޅުތައް ވައިޓް ހައުސްއިން މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ. ވައިޓްހައުސްއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ބައިޑެން ދެއްކެވި ވާހަކަފުޅުތަކަކީ އިސްރާއީލުން ކުޑަކުދިން ކަތިލާކަމަށް ތުހުމަތުކޮށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ، އެކަމަށް ރިއާޔަތްކުރައްވައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.

ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނީ މީޑިއާތަކުން އެފަދަ ތުހުމަތެއްކޮށް ރިޕޯޓެއް ކޮށްފައިވާކަން ބައިޑަންއާއި އެހެނިހެން އޮފިޝަލުންވެސް ކަށަވަރު ކޮށްދެއްވާފައި ނުވާކަމަށެވެ.

ބައިޑެންގެ އުމުރުފުޅު މައްޗަށް ދިއުމާއެކު، އޭނާ ދެއްވާ ބައެއް ތަގުރީރުތަކުގައި ދެކޮޅުނުޖެހޭ ވާހަކަފުޅުތައް އެކުލެވިގެންވާތީއާއި އަމަލުފުޅުތަކުންވެސް ބައެއް ހަމަނުޖެހޭ ކަންތައްތަކެއް މިފަހަކަށް އައިސް ފެންނަމުންދާތީ، އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ޖޯ ބައިޑަންއަކީ ރަނގަޅު ޗޮއިސްއަކަށް ވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާފައެވެ.

- ކޮމެންޓް