ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 18:09
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް، މުހައްމަދު ފިރާޒް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް، މުހައްމަދު ފިރާޒް
ވެރިކަން ބަދަލުވުމުގެ މަރުހަލާ
ސަރކިއުލަރ މާނަކުރަނީ ރަނގަޅަކަށް ނޫން، ކުރިން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ - ޕީސީބީ
ޕީސީބީން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށް ވަނީ ސިޓީއެއް ފޮނުވާފައި
1 އޮކްޓޯބަރ 2023ގައި ޕީސީބީން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސިސް ކޮމިޓީއަށް ހާޒިރުވެފައިވޭ
ސީނިއަރ މެނޭޖްމެންޓް އަދި މިޑްލް މެނޭޖްމަންޓުގެ ބައެއް މުވައްޒަފުން މާނަކުރަމުން ދަނީ ސަރކިއުލާގެ ރޫހާ ޚިލާފަށް

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މަޝްރޫއުތައް ހިންގުމާމެދު ޕީސީބީން ކުރިން ނެރުނު ސަރކިއުލަރ މާނަކުރަމުންދަނީ އެ ސަރކިއުލާގެ ރޫހާ ޚިލާފަށް ކަމަށާއި، ކުރިން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) ބުނެފިއެވެ.

ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، 11 އޮކްޓޯބަރ 2023ގައި ޕީސީބީން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސިސް ކޮމިޓީއަށް ހާޒިރުވެފައި ވާކަމަށާއި، އަދި ޕީސީބީގެ ސަރކިއުލާއަކާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީން މައުލޫމާތު ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އެ ސަރކިއުލާގައި ބަޔާންކޮށްފައިވާ ކަންތައްތައް، ކުންފުނިތަކުގެ ސީނިއަރ މެނޭޖްމަންޓް އަދި މިޑްލް މެނޭޖްމަންޓުގެ ބައެއް މުވައްޒަފުން މާނަކުރަމުންދަނީ ސަރކިއުލާގެ ރޫހާ ޚިލާފަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި، ކުރިންވެސް ކުންފުނިތަކުން އަމަލުކުރާ އުސޫލުތަކުގެ ދަށުން ކުރާ ކަންތައްތަކާއި ކުންފުނިތަކުގެ މަގުސަދުތަކުގައި ހިމެނިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް ދަތިވާކަން އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އޭޖީ އޮފީހުން، 2018 ވަނަ އަަހަަރު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރާނެ ގޮތާމެދު ދީފައިވާ ލަފާގެ ސިޓީއާއި، އެ ކުންފުނިން މީގެ ކުރިން ނެރުނު ސަރކިއުލާއާ އެއްގޮތަށް ހުދޫދުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ މަގުސަދުގައި ހިމެނޭ، ރައްޔިތުންގެ ލާބަޔާ ގުޅުންހުރި ކަންކަން ކުރުމަށް ހުރަހެއް ނެތްކަމަށް ޕީސީބީން ވަނީ ބުނެފައެވެ. އެއްވެސް މިންވަރަކަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތައް ހިންގުމަށާއި، މިހާރު ކުންފުނިތަކުން އަމަލުކުރާ ހިއުމަން ރިސޯސް ޕޮލިސީގެ ދަށުން ރެކްރޫޓްމެންޓާއި ވަޒީފާގެ ޕްރޮމޯޝަން ދިނުމާއި، އަދި މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުމާއި، އަދި އެހެނިހެން މުވައްޒަފުންނާގުޅޭ މައްސަލަތައް ނިންމުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ސީނިއަރ މެނޭޖްމެންޓާއި މިޑްލް މެނޭޖްމެންޓުގައި މަސައްކަތްކުރައްވާ އިސްވެރިން އަންގަވައިދެއްވުމަށް ވަނީ ދަންނަވާފައެވެ.

- ކޮމެންޓް