ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 13:21
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ
ރާއްޖެއެމްވީ
އައިޔޫއެމް ބުކްފެއަރ
އައިޔޫއެމް ބުކް ފެއަރ ނޮވެމްބަރު 9ން 12ށް
ބުކްފެއަރ އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި
15 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރަޖިސްޓަރ ކުރެވޭނެ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ބުކްފެއަރ އަންނަ ނޮވެމްބަރު މަހުގެ 9ން 12ށް ބާއްވަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ކުރިއަށްގެންދާ މި ބުކްފެއަރ އޮންނާނީ 09 ނޮވެމްބަރ އިން 12 ނޮވެމްބަރަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

އަދި ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރު 12:00 އަށް، މެންދުރުފަހު 1:00 ން ހަވީރު 6:00 އަށް، ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށް ބުކްފެއަރ ހުޅުވާފައި ހުންނާނެކަމަށްވެސް އައިޔޫއެމްއިން މައުލޫމާތުދެއެވެ.

ހުކުރު ދުވަހު ބުކްފެއަރ ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 ން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 ން ރޭގަނޑު 11:00 އަށެވެ.

ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކުގެ ބުކްޝޮޕްތަކާއި، ލިޔުންތެރިންނާއި، ޕަބްލިޝަރުން އަދި ޕްރިންޓްކުރާ ފަރާތްތަކާއި އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން އިންސްޓިޓިއުޓްތަކަށް މި ފެއަރގައި ފޮތް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިބުކްފެއަރ ގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން "ބުކްފެއާރ ގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު 15 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

- ކޮމެންޓް