ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 16:25
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވަނީ
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވަނީ
އަމްނާ އިމާދު
އިންތިގާލީ އޮފީހާއި ޑިމޮކްރެޓްސްއިން މަޝްވަރާކުރުނ
އައު ސަރުކާރަކީ ޚިދުމަތް ކުރުމުގައި ތަފާތު ދައްކައިދޭނެ ސަރުކާރަކަށް ހެދުމާއި ގުޅޭގޮތުން އިންތިގާލީ އޮފީހާއި ޑިމޮކްރެޓްސް އިން މަޝްވަރާކޮށްފި
 
ޑިމޮކްރެޓްސްގެ މާޒީއާއި އަދި ދިމާވި މައްސަލަތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު
 
ގައުމެއް ކުރިއަރައިދާނީ އެގައުމެއްގައި އަދުލްއިންސާފު ގާއިމްކުރެވުމުން
 
އިންސާފު ގާއިމްކޮށް، މިގައުމަށް ހަމަޖެހުން ގެނައުމަކީ މުހިންމު ކަމެއް

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތަފާތު ދައްކައިދޭނެ ސަރުކާރަކަށް ހެދުމާއި ގުޅޭގޮތުން އިންތިގާލީ އޮފީހާއި ޑިމޮކްރެޓްސް ޕާޓީ އިން މަޝްވަަރާކޮށްފި އެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕަރސަން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އަލަށް އުފެދޭ ޑރ.މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތަފާތު ދައްކާނެ ކަމަށާއި، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އިންސާފު ގާއިމްކޮށް، މިގައުމަށް ހަމަޖެހުން ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި، ގައުމެއް ކުރިއަރައިދާނީ އެގައުމެއްގައި އަދުލްއިންސާފު ގާއިމްކުރެވުމުން ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޝްވަރާކުރެވިގެން ދިޔައީ މިކަންކަމާއި ގުޅޭގޮތުން ކަމަށާއި، ސަރުކާރު ހިންގާނެ ގޮތްތަކާއި ގުޅޭގޮތުން ޑިމޮކްރެޓްސްގެ ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ މާޒީއަށާ އަދި ދިމާވި މައްސަލަތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި، އޭގެ އަލީގައި ހިޔާލުތައް ހުށަހެޅި ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު މައްސަލަތައް ރަނގަޅު ކުރުމަށް ބޭނުންވާކަން ހިއްސާކުރި ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މިއީ ދިވެހި ގައުމެއް ކަމަށާއި، ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރަނގަޅަށް ކަންކަން ކުރެވޭ ސަރުކާރެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. މިފަދަ ސަރުކާރެއް އެކުލަވާނެ ގޮތާއިގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިގައުމަށް ހަމަޖެހުން ގެނައުމަށް އެންމެ މުހިންްމު ކަމަކީ. ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އެތަނެއްގައި އަދުލްއިންސާފު ގާއިމްވެފައި އޮތުން. އެހެންވީމަ އަދުލް އިންސާފު ގާއިމްވެފައި އޮތް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ސަރުކާރެއް ގާއިމްކުރުމުގައި ޑިމޮކްރަޓްސްގައި ހުރި ވިސްނުންތަކެއް އަޅުގަނޑުމެންނާއި ހިއްސާ ކުރުމަށްޓަކައި އެބޭފުޅުން ވަޑައިގަތީ މިކަމާއި ގުޅޭގޮތުން. އެބޭފުޅުންނަކީ ކުރީގައި ވެސް ސަރުކާރު ހިންގަވާ ބޭފުޅުން ވީމަ އެސަރުކާރުން އެބޭފުޅުންނަށް ކުރެވިފައިވާ ތަޖުރިބާ އަޅުގަނޑުމެންނާއި ހިއްސާ ކުރެއްވީ. ދިމާވެފައި ހުރި މައްސަލަތަކާއި. އެއާއެކު އޭގެ އަލީގައި ކުރިއަށް ދިއުމުގައި އެބޭފުޅުންގެ ހިޔާލު ހުރި ގޮތް ހިއްސާކުރެއްވީ. އެބޭފުޅުން ބައިވެރިވެގެން މިކަންކަން ރަނގަޅުކުރައްވަން ބޭނުންފުޅުވާހަކަ ހިއްސާކުރެއްވީ ވަރަށް ބޮޑަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގާ ވަރަށް ރަނގަޅު ސަރުކާރެއް އޮންނަން އެބޭފުޅުން ބޭނުންފުޅުވާ ވާހަކަ ތަކުރާރުކޮށް ރައީސް ނަޝީދުގެ ފަރާތްފުޅުން ވެސް ވިދާޅުވީ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ

މި ބައްދަލުވުމާއި ގުޅޭގޮތުން ޑިމޮކްރެޓްސް ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޕާޓީން އެދެނީ އިންތިޚާބީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ބާރުވެރި ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ސަރުކާރަކަށްވުމަށް ކަމަށެވެ. އަދި ސްޓޭބަލް ގަރވާމެންޓެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީގެ އިސްބޭފުޅުން

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރުމާއި، ސަރުކާރު ހިންގުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު ސަރުކާރުގައި މަސައްކަތްތައް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް