ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 19:21
ލުކާކޫ ލަނޑު ޖެހުމަށްފަހު ޔުނައިޓެޑް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ލުކާކޫ ލަނޑު ޖެހުމަށްފަހު ޔުނައިޓެޑް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ކަޕް
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ސިޓީއާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން
އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑު ނިކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށް

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޮމެލޫ ލުކާކޫގެ ލަނޑުން މެންޗެސްޓާ ސިޓީގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑް ކުރިހޯދައިފި އެވެ.

 

ހުކުރު ދުވަހު ކުޅުނު މި މެޗު ސިޓީއާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

 

އެމެރިކާގައި ކުޅުނު މި މެޗު ފެށިގެން 37 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ސިޓީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހަމަޖެހިލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ލުކާކޫ އެވެ. މިއީ އޭނާ ޔުނައިޓެޑަށް ކުޅުނު ތިން ވަނަ މެޗުގައި ޖެހި ދެވަނަ ލަނޑެވެ.

 

 

މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މާކަސް ރަޝްފަޑް އެވެ. އޭނާ އަންނަނީ ޕްރީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ ވަރުގަދަ ޑިފެންސެއްކޮށް އެ ހަމަލާތައް ދިފާއުކޮށްފައެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑު ނިކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެއަށްފަހު މި މަހު 27 ގައި އެޓީމު ނިކުންނީ ބާސެލޯނާއާ ދެކޮޅަށެވެ.

- ކޮމެންޓް