ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 18:58
ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް
ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް
ފަލަސްތީން - އިސްރާއީލް
ޣައްޒާގެ 400 އަށް ވުރެ ގިނަ ސަރަހައްދަށް އިސްރާއީލުން ހަމަލާދީފި - ނިޔާވި މީހުންގެ އަދަދު 313 އިން މައްޗަށް
މި ހަމަލާތަކުގައި ޢައްޒާގެ އެތައް ސަތޭކަ އިމާރާތެއް ވަނީ ސުންނާފަތިވެފަ
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 313 އިން މައްޗަށް ވަނީ އަރާފަ
2000 އަށް ވުރެ ގިނަ މީހުން ހޮނިހިރު ދުވަހު އެކަނިވެސް ވަނީ ޒަހަމްވެފަ

ޣައްޒާގެ 400 އަށް ވުރެ ގިަނ ސަރަހައްދަށް އިސްރާއީލުން ހަމަލާދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 313 އިން މައްޗަށް ވަނީ އަރާފައެވެ. މި ހަމަލާތަކުގައި ޣައްޒާގެ އެތައް ސަތޭކަ އިމާރާތެއް ވަނީ ސުންނާފަތިވެފައެވެ. އެތައް ހާސް ބަޔަކު އެއާއ އެކު ވަނީ މަގުމަތިވެސް ވެފައެވެ. މިހާތަނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު އިސްރާއީލުން ވަނީ 426 ތަނަކަށް ހަމަލާދީފައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި 20 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން 2000 އަށް ވުރެ ގިނަ މީހުން ހޮނިހިރު ދުވަހު އެކަނިވެސް ވަނީ ޒަހަމްވެފައެވެ. ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ފަލަސްތީނުގެ 20،000 އަށް ވުރެ ގިނަ މީހުން ޣައްޒާގެ ބޯޑަރު ހުރަސްކޮށް ސަލާމަތްތެރި ސަރަހައްދުތަކަށް ދާން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

ޔޫއެންގެ ރިލީފް އެންޑް ވޯރކް އެޖެންސީން ދަނީ ރެފިއުޖީންނަށް ހިމާޔަތް ދިނުމުގެ ަމސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެހީދޭ ޖަމާއަތްތަކަށް ވެސް ޣައްޒާ އަށް އިސްރާއީލުން މެދު ނުކެނޑި ހަމަލާތައް ދެމުން ދިއުމުގެ ސަަބަބުން ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އާއްމުންނަށް ކާބޯތަކެތީ ފޯރުކޮށްދިނުމުގައި ވެސް ގޮންޖެހުންތަކާއި ވަނީ ދިމާވެފައެވެ. ފަލަސްތީނަށް މިހާރު އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ހަމާސް އިން އިސްރާއިލަށް ދިން ކުއްލި ހަމަލާތަކާއި ވިދިގެން ދެމުންދާ ހަމަލާތަކެކެވެ. ނަމަވެސް ޣައްޒާ އަށް އިސްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވެއެވެ.

ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިސްރާއިލާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރެއިން ހަމާސް އިން ދިން ހަމަލާއެއްގައި އިސްރާއިލުގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ޖޮނަތަން ސްޓެއިންބަރގް ވަނީ މަލާރާފައެވެ. ހަމާސް ޖަމާއަތުން އިސްރާއިލަށް ހަމަލާދީފައި ވަނީ އިސްރާއިލް ގަނޑިން 06:30 ހާއިރެވެ. މިއީ މިފަހުން ހަމާސްއިން އިސްރާއިލަށް އަމާޒުކޮށް ދިން އެންމެ ބޮޑު ހަމަލާކަން ފާހަގަކޮށްލެވެއެވެ. ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ހަމާސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް