ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 11:14
އިންޓަ އިން ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އިންޓަ އިން ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
މެޗު އެއްވަރުވެ އިންޓަ ދެ ވަނަ އަށް ވެއްޓިއްޖެ
 
ނަތީޖާ އާއެކު އިންޓަ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 19 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، އިންޓަ މިލާން ލީގު ތާވަލްގެ ދެ ވަނަ އަށް ވެއްޓިއްޖެ އެވެ.

މި ސީޒަންގެ އިޓާލިއަން ލީގުގައި އިންޓަ އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ، އެ ޓީމުން ދެ ލަނޑު ޖަހައި ލީޑު ވެސް ނަގާފައި ވަނިކޮށެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ޑިފެންޑަރު ފްރެންޗެސްކޯ އަސާބީ އެވެ. އޭނާ އެ ލަނޑު ޖެހީ ހަކަން ޗަނޮގްލޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. މާޓިނޭޒް އެ ލަނޑު ޖެހީ މާކަސް ތުރަމް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޮލޮގްނާ އިން ވަނީ ލަނޑެއް ޖަަހައި ފަރަގު ކުޑަކޮށްފަ އެވެ. އެއީ 19 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރިކާޑޯ އޯސޮލިނީ ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފަށް ނިމުނެ ބޮލޮގްނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޯޝުއާ ޒިރްކްޒީ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލެވިސް ފާގަސަން އެވެ.

ނަތީޖާ އާއެކު އިންޓަ ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު އަށް މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. އަށް މެޗުގެ ތެރެއިން އިންޓަ މޮޅުވެފައި ވަނީ ހަ މެޗުންނެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އަށް މެޗުން 11 ޕޮއިންޓާއެކު ބޮލޮގްނާ އޮތީ އަށް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް