ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 12:43
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ޔޫތު މިނިސްޓްރީ
ރައީސް ޞާލިޙުގެ ވެރިކަން
ރައީސް ޞާލިޙުގެ ލެގަަސީ ރާއްޖޭގެ ކުރިއަށް އޮތް މުސްތަޤުބަލުގައި އާވެއާވެ ހުންނާނެ: މަހުލޫފު
 
މިހާރުން ފެށިގެން މަޖިލިސް އިންތިޚާބަށް ތައްޔާރުވެގެން ނުކުންނަންޖެހޭ
 
އެމްޑީޕީން އެންމެ އަވަހަށް ތައްޔާރުވާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް
 
ރައީސް ސާލިޙު ކޮށްދެއްވި ޚިދުމަތްތައް ރައްޔިތުންނަށް އަގުވަޒަން ކުރެވޭނެ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ލެގަސީ މިރާއްޖޭގެ ކުރިއަށް އޮތް މުސްތަޤުބަލުގައި އަބަދުވެސް އާވެއާވެ ހުންނާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، އެމްޑީޕީން އެންމެ އަވަހަށް ތައްޔާރުވާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކަމަށެވެ. އެއީ ސިޔާސީ ގޮތުން ދެން އެމްޑީޕީން އަޅާނެ އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައި މަހުލޫފު ސިފަ ކުރެއްވިއެވެ.

މަހުލޫފު ވިދާޅުވީ، މިހާރުން ފެށިގެން މަޖިލިސް އިންތިޚާބަށް ތައްޔާރުވެގެން ނުކުންނަންޖެހޭކަމަށެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ތައްޔާރުވާނީ ސީދާ ރައްޔިތުންގެ މަޖިލީހަށް
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު

މަހުލޫފު ވިދާޅުވީ، ރައީސް ޞާލިޙު ކޮށްދެއްވި ޚިދުމަތްތައް ރައްޔިތުންނަށް އަގުވަޒަން ކުރެވޭނެކަމަށެވެ.

ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް އެންމެ ފުރިހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތުދެއްވީވެސް ރައީސް ޞާލިޙުގެ ވެރިކަމުގައިކަން މަހުލޫފު ފާހަގަ ކުރެއްވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙު ފައްޓަވާފައިވާ ތަރައްޤީގެ މަޝްރޫއުތައް ދެން އަންނަ ސަރުކާރުތަކުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ރައީސް ޞާލިޙުގެ "ލެގަސީ" އެތައް ޒަމާނަކަށް ދެމިގެންދާނެކަމަށެވެ.

ރައީސް ސާލިޙުގެ ލެގަސީއަކީ އަޅުގަނޑުމެންނަށް މިރާއްޖޭގެ ކުރިއަށް އޮތް މުސްތަޤުބަލުގައި އަބަދުވެސް އާވެއާވެ ހުންނާނެ ކަމެއްކަމަށް ޤަބޫލުކުރަނީ
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު

ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ބަލާލިނަމަވެސް، އެއްވެސް ސަރުކާރަކުން ގެނެސްފައިނުވާ މިންވަރަށް މި ސަރުކާރުން ތަރައްޤީ ގެނެސްދީފައިވާކަން މަހުލޫފުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި