ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 10:56
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
ބޭނުންކުރެވޭ ރިޒާވް
ބޭނުންކުރެވޭ ރިޒާވް މައްޗަށް ޖެހިލައިފި
 
ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް ނިމުނުއިރު ރަސްމީ ރިޒާވް އާއި ބޭނުން ކުރެވޭ ރިޒާވް ވަނީ އިތުރުވެފައި

ބޭނުންކުރެވޭ ޑޮލަރުގެ ރިޒާވް މައްޗަށް ޖެހިލައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އިގްތިސާދީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް ނިމުނުއިރު ރަސްމީ ރިޒާވް އާއި ބޭނުން ކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ.

ޖުލައި މަހު ރަސްމީ ރިޒާވް ހުރީ 594.1 މިލިއަން ޑޮލަރުގައެވެ. ނަމަވެސް އޮގަސްޓުގައި ރަމްސީ ރިޒާވަށް ވަނީ 100 މިލިއަން ޑޮލަރު އިތުރުވެ 694.2 މިލިއަން ޑޮލަރަށް އަރާފައެވެ.

ބޭނުން ކުރެވޭ ރިޒާވް ޖުލައި މަހު ހުރީ 125 މިލިއަން ޑޮލަރުގައެވެ. އޮގަސްޓްގައި އެ ރިޒާވަށް 26 މިލިއަން ޑޮލަރު އިތުރުވެ 151 މިލިއަން ޑޮލަރުގައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތައް އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރަން މަހެއްގެ މައްޗަށް އެވްރެޖްކޮށް 66 މިލިއަނެއްހާ ޑޮލަރު ބޭނުންވެއެވެ.

އެ އަދަދަށް ބަލާނަމަ މިހާރު ބޭނުން ކުރެވޭ ރިޒާވްފައި ހުރި ފައިސާއިން ފުދޭނީ 2.3 މަސް ދުވަހަށެވެ. ޖުލައި މަހު ރިޒާވްގައި ހުރީ ކިރިޔަ ކިރިޔާ 1.9 މަސް ދުވަހަށް ފުދޭ ވަރަށެވެ.  

މިއަހަރު ފެށުނު އިރު ރަސްމީ ރިޒާވް ހުރީ 790 މިލިއަން ޑޮލަރުގައެވެ. އެހެން ނަމަވެސް މޭ މަހުން ފެށިގެން ރިޒާވް އައީ ދަށްވަމުންނެވެ. މިއީ އެއަށް ފަހު ރިޒާވް މައްޗަށް ވެސް ދިޔަ ފުރަތަމަ ފަހަރެވެ.

ގައުމެއްގެ އިގްތިސާދުގައި ދުޅަހެޔޮކަން ބުނެދޭ އެއް މިންގަނޑަކީ އެ ގައުމެއްގެ ބޭރު ފައިސާގެ ރިޒާވް ނުވަތަ ރަސްމީ ރިޒާވު ހުންނަ މިންވަރެވެ. އަދި އެ ރިޒާވުގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ ފައިސާ، ނުވަތަ ޔޫސަބަލް ރިޒާވް ރަނގަޅު މިންވަރެއްގައި ބެހެއްޓުން މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް