Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 09:40
ވިލިމާލޭ ފަޅު ގެއެއްގައި ރޯވުން
ވިލިމާލޭ ފަޅު ގެއެއްގައި ރޯވުން
އެމްއެންޑީއެފް
ވިލިމާލޭގައި އަލިފާނުގެ ހަދިސާއެއް ހިނގުން
ވިލިމާލެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ރޯވި ކަމުގެ މައުލޫމާތު ފަތިހު 05:12 ހާއިރު
ފަތިހު 05:55 ހާއިރު އަލިފާންގަނޑު ވަނީ ނިއްވާލެވިފައި
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ބަސްމަލާ" ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފަތިހު 05:12 އެހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބިފާވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރިއެއްގައެވެ. އަދި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ފަތިހު 05:55 އެހާއިރުވަނީ ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާހާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް