ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 05:24
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު
ޕީޕީއެމް
މުއިއްޒުގެ ސަރުކާރު އެކުލަވާލުން
މުއިއްޒު ވިދާޅުވަނީ ވަކި ޕާޓީއެއްގެ ވާހަކައެއް ނޫން، ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާނަމަ ސަރުކާރުގައި ހިމެނޭނެ: ފިރުޒުލް
 
ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް ފިރުޒުލް ވިދާޅުވި

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލައްވާނީ ޝާމިލު ސަރުކާރެއް ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއާއެކު އެއްބަސްވުމެއް ނެތް ނަމަވެސް އައު ސަރުކާރުން ފުރުސަތު ލިބޭނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި ކަމަށް ބުނެ ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

"ޑިމޮކްރަޓްސް އާއެކު އެއްބަސްވުމެއްނެތް، ނަމަވެސް ސަރުކާރުން ޖާގަލިބޭނެ: ޑރ މުއިއްޒު" މިސުރުޚީ އާއެކު ޕޯސްޓްކުރައްވާ ފިރުޒުލް ވިދާޅުީވީ މި ސުރުޚީގެ ސަބަބުން، އިންތިޚާބީ ރައީސްގެ ވާހަކަފުޅު އޮޅުމަށް މެދުވެރިވެދާނެތީ ދަންނަވާކަމަށެވެ. އެގޮތުން ފިރުޒުލް ވިދާޅުވީ "އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް. ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަމަށް." އެވެ.

މީގެއިތުރުން ފިރުޒުލް ވިދާޅުވީ ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަމަށެވެ.

ފިރުޒުލް މިހެން ވިދާޅުވެފައިވާއިރު، ނަޝީދު އަދި ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފުވެސް މީގެ ކުރިން ވަނީ އާ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ދެން އުފެދޭ ޑރ މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރަޓްސްގެ ބައިވެރިވުން އޮންނާނެކަމަށެވެ.

ނަމަވެސް ޑިމޮކްރެޓްސް އާ އެކު ހެދި އެއްބަސްވުމަކާ ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އިސް މަގާމެއް ޑިމޮކްރެޓްސްގެ މެމްބަރަކަށް ދިނުމަށް އެއްބަސްވެފައިނުވާ ކަމަށެވެ.

ނަމަވެސް، އަތޮޅު ތެރޭގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ ބައެއް ވަޒީފާތައް ޑިމޮކްރެޓްސް އަށް ހާއްސަކުރަން އެއްބަސްވެފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
67%
0%
0%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!