ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 18:48
މޫސުން
މޫސުން
ރާއްޖެއެމްވީ
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ
ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު 1.4 މިލިއަން ރުފިޔާ އަށް އަރާ
އެންޑީއެމްއޭ އިން ބުނީ 2014 ވަނަ އަހަރުން ފެށިގެން އެކި އަހަރުތަކުގައި 51 ރަށަކަށް 96 ޕަމްޕް ހަވާލުކޮށްފައިވާ ކަމަށް
މި ފެށޭ ހަފްތާގައި އިތުރު 13 ރަށަކަށް ފެންހިއްކާ ޕަމްޕު ހަވާލުކުރުމަށް ހަމަޖެހިފައިވޭ
އާއްމުކޮށް ވާރޭ ވެހިގެން ފެންބޮޑުވާ 5 ރަށަކަށް މި އަހަރުގެ ތެރޭގައި ފެން ހިއްކާ ޕަމްޕު ހަވާލުކޮށްފައިވޭ

ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު 1.4 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ރާއްޖޭގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ހާމަކުރި އަދާހަމަ މައުލޫމާތުގައި ބުނެފައި ވަނީ ފާއިތުވެ ދިޔަ ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައި 4 ރަށަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 1.4 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ގޭތެރޭގައި ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗަށާއި، ފަރުނީޗަރަށް ލިބުނު ގެއްލުން އެކަނި ވެސް 3 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ކަމަށް ވަނީ ބުނެފައެވެ.

އެ އިދާރާއިން އިތުރަށް ބުނީ ރަށްރަށުގައި ފެންބޮޑުވެ އާއްމު ފަރުދުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގްސަދެއްގައި އާއްމުކޮށް ވާރޭ ވެހިގެން ފެންބޮޑުވާ 5 ރަށަކަށް މި އަހަރުގެ ތެރޭގައި ވަނީ ފެން ހިއްކާ ޕަމްޕު ހަވާލުކޮށްފައި ކަމަށެވެ. އަދި މި ފެށޭ ހަފްތާގައި އިތުރު 13 ރަށަކަށް ފެންހިއްކާ ޕަމްޕު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ 2014 ވަނަ އަހަރުން ފެށިގެން އެކި އަހަރުތަކުގައި 51 ރަށަކަށް 96 ޕަމްޕް ހަވާލުކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް