ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 11:12
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ކަސްޓަމަރަކާއެކު
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ކަސްޓަމަރަކާއެކު
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި
 
އުރީދޫ ކަސްޓަމަރުންގެ ދުވަހަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕު ގެ ހުރިހާ ކުންފުންޏަކުންވެސް ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއް

އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ކަސްޓަމަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫގެ ސީނިއާ ސްޓާފުންނާއި މެނޭޖްމަންޓުން ވަނީ ބުދަ ދުވަހު އެ ކުންފުނީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމުތަކުގެ މަސައްކަތުގައި ބައިވެރިވެ، ޓީމާއި ކަސްޓަމަރުންގެ ގޮންޖެހުންތަކާއި ތަޖުރިބާތައް ދެނެގަނެފައެވެ.

އުރީދޫ ކަސްޓަމަރުންގެ ދުވަހަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕު ގެ ހުރިހާ ކުންފުންޏަކުންވެސް ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ އުރީދޫ މޯލްޑިވްސް ކަސްޓަމަރުންގެ ދުވަހުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ކޮންޓެކްޓް ސެންޓަރުތަކާއި ޑިޖިޓަލް ކެއާ އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން ބިޒްނަސް ޕާޓްނަރު ފިހާރަތައް ހިމެނޭ ގޮތަށް އުރީދޫ ގެ ހިދުމަތް ފޯރުކޮށްދޭ ކަސްޓަމަ ޓަޗްޕޮއިންޓްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ. މި ޒިޔާރަތްތަކުގައި ސީނިއާ ސްޓާފުން ވަނީ ކަސްޓަމަރުންނާ ސީދާ މުއާމަލާތްކޮށް، ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ބޭނުންތަށް އިތުރަށް ދެނެގަނެފައެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއާއި ހިތްހަމަޖެހުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެވެ.

ކަސްޓަމަރުންގެ ދުވަހުގެ ހަރަކާތްތަކުން ދެނެގަނެވިފައިވާ މައުލޫމާތަށް ބިނާކޮށް އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް