ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 16:06
އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުން
އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުން
ރައީސް އޮފީސް
ސަބްމެރިން ކޭބަލް
ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި
 
ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ

އިންޑިއަން އޯޝަން ކަނެކްޓް މޯލްޑިވްސް، އައިއޭއެކްސް ސަބްމެރިން ކޭބަލްގެ ޓެސްޓިންގ މަރުހަލާ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ޑިސެމްބަރު މެދުތެރޭގައި ސަބްމެރިން ކޭބަލްގެ ޓެސްޓިންގ މަރުހަލާ ފަށައިގަނެ، އެ މަސައްކަތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލީ އޮގަސްޓް މަހުގެ ތެރޭގައެވެ.

އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅާލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގ ސައިޓާއެވެ. އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ (ހުޅުމާލެ) ގުޅާލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މި މަސައްކަތަކީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމަކަށް ކުރާ މި މަސައްކަތުގެ ސަބަބުން، ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާވާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން އައިއޭއެކްސް ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލުމުން، ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަރކް ބަރޯސާވާނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން، ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވުމާއި، އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ކުޑަކުރުމާއި، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ގާއިމުކުރުމުގެ އިތުރުން، ގަވަރމެންޓް ނެކްވަރކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަގު ފަހިވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި