ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 16:01
އުރީދޫ ނޭޝަން ގޭމަރސް ލޭންޑް
އުރީދޫ ނޭޝަން ގޭމަރސް ލޭންޑް
އުރީދޫ
އުރީދޫ ނޭޝަން ގޭމަރސް ލޭންޑް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލުގެ ޓޯނަމަންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
އުރީދޫ ނޭޝަން ދަ ގޭމަރސް ލޭންޑް ގޭމިންގ ފެސްޓިވަލުގައި ތިން މުބާރާތެއް ހިމެނޭ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް ކަމަށްވާ "އުރީދޫ ނޭޝަން ގޭމަރސް ލޭންޑް"ގައި ކުރިއަށްދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޭމިން ފެސްޓިވަލުގައި، މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން، ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި ގޭމިން ފެސްޓިވަލުގައި ބައިވެރިވުމަށް އުރީދޫ ނޭޝަންއިން ހުރިހާ ގޭމަރުންނަށް ދައުވަތު ދެއެވެ. އުރީދޫ ނޭޝަން ދަ ގޭމަރސް ލޭންޑް ގޭމިންގ ފެސްޓިވަލުގައި ހިމެނޭ މުބާރާތްތަކަކީ:

ރޭސިންގ ސިމް ޗެލެންޖް

ވަރޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލައި، އެހެން ކުޅުންތެރިންނާ ވާދަކުރާ ރޭސިންގ ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ޚާއްސަ ފައިސާގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

1 ވަނައަށް ދާ ފަރާތަށް 11،000 ރުފިޔާގެ ފައިސާގެ އިނާމު

2 ވަނައަށް ދާ ފަރާތަށް 8،000 ރުފިޔާގެ ފައިސާގެ އިނާމު

3 ވަނައަށް ދާ ފަރާތަށް 6،000 ރުފިޔާގެ ފައިސާގެ އިނާމު

ކޯސްޕްލޭ

ކޯސްޕްލޭ ޗެލެންޖުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކުން، އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގޭމިންގ ފެސްޓިވަލަށް ދާންޖެހޭނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރއެއްގެ ކޮސްޓިއުމުގައެވެ. އޮކްޓޫބަރު 19 އަދި 20ގައި އޮންނަ މި ގޭމިންގ ފެސްޓިވަލުގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާއިރު، ތިން ޖަޖުންގެ ޕެނަލަކުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖްކޮށް، އެންމެ ފުރިހަމައަށް ކޮސްޓިއުމް ތައްޔާރުކޮށްފައިވާ ބައިވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅަ ގޭމު ކަމަށްވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

1 ވަނައަށް ދާ ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު

2 ވަނައަށް ދާ ފަރާތަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު

3 ވަނައަށް ދާ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު

ޓެކްކެން މުބާރާތް

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ޚާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާއިރު، މި މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު 19 އަދި 20 ވަނަ ދުވަހުއެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި:

1 ވަނައަށް ދާ ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު

2 ވަނައަށް ދާ ފަރާތަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު

3 ވަނައަށް ދާ ފަރާތަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59އެވެ. ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް ޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

އުރީދޫއިން ބުނީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ގޭމިންގ ފެސްޓިވަލްގަ ތެރޭގައި ކަމަށެވެ.

މި ފައިނަލުގައި 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3ގެ އިތުރުން، ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލުގައި ވާދަކުރާނެއެވެ. ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމުތަކުގެ ތެރޭގައި

1 ވަނައަށް ދާ ޓީމަށް 50،000 ރުފިޔާ

2 ވަނައަށް ދާ ޓީމަށް 20،000 ރުފިޔާ

3 ވަނައަށް ދާ ޓީމަށް 10،000 ރުފިޔާ

4 ވަނައަށް ދާ ޓީމަށް 5،000 ރުފިޔާ

5 ވަނައިން ފެށިގެން 10 ވަނައާ ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،500 ރުފިޔާ

11 ވަނައިން ފެށިގެން 16 ވަނައާ ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000 ރުފިޔާ

މި މުބާރާތްތަކުގެ އިތުރުން، ގޭމިންގ ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯރކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސަށް ޑާންސް ކުރުމާއި، ތުރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ، ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓް ސްޓޭޝަންގެ އިތުރުން ފޮޓޯ ބޫތެއްވެސް ހިމެނޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް