ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 11:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
ޓީޗަރުންގެ ދުވަސް
ރައީސް ސާލިޙު ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ
 
ޓީޗަރުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ޤައުމުތަކުން ދޭ ސަމާލުކަން ވަނީ އިތުރުވެފައި
 
ހެޔޮލަފާ ހަރުދަނާ މުޖްތަމަޢެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ނުހަނު ފުޅާ
 
ދުނިޔޭގެ ފެންވަރުގައި ޓީޗަރުންގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 29 އަހަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިޙު ފޮނުއްވެވި ޚިތާބުގައި ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ޓީޗަރުންގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 29 އަހަރު ފުރިގެން ދިޔައިރު، ޓީޗަރުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ޤައުމުތަކުން ދޭ ސަމާލުކަން، މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު އެތައް ގުނައަކަށް އިތުރުވެފައިވާކަމަށެވެ.  

އަދި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުން އަދާކުރާ ޒިންމާތަކާއި ވާޖިބުތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް އެތައް ގުނައެއް އިތުރުވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ޓީޗަރުންނާ މެދު މިހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ، ހެޔޮލަފާ ހަރުދަނާ މުޖްތަމަޢެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ފުޅާކަމުންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި