ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 12:00
އަގްސާ މިސްކްތް
އަގްސާ މިސްކްތް
ގޫގުލް
އަގްސާ މިސްކިތް
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
ދާދިފަހުން އިޒްރޭލު ފުލުހުންނަށް ދިން ހަމަލާތަކާއި ގުޅިގެން އަގްސާ މިސްކިތް ބަންދު ކުރި، އަދި ދެތިން ދުވަހަށް ފަހު ހުޅުވާލި

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށާއި އަދި ގުދުސްގެ އޯލްޑް ސިޓީއަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަަށް އިޒްރޭލު ފުލުހުން ބުނެފިއެވެ.

އިޒްރޭލު ފުލުހުން ނެެރުނު ބަޔާނެއްގައި މިގޮތަށް ހާމަކޮށްފައިވާއިރު ބަޔާނުގައި އިތުރަށް ބުނީ ހުރިހާ އުމުރެއްގެ އަންހެނުންނަށް އަގްސާ މިސްކިތަށާއި އަދި ގުދުސްގެ އޯލްޑް ސިޓީއަށް ވަދެވޭނެ ކަމަށެވެ. 

ދާދިފަހުން އަގްސާ މިސްކިތުގައި ދިން ހަމަލާތަކެއްގައި އިޒްރޭލު ދެ ފުލުހުން މަރުވުމާއި ގުޅިގެން އިޒްރޭލު ފުުލުހުން އަގްސާ މިސްކިތް ދާދިފަހުން ބަންދުކުރިއެވެ. އަދި އެއަށްފަހު ދެތިންދުވަހަށް ފަހު ހުޅުވާލިއެވެ. އިޒްރޭލުން އަލުން މިސްކިތް ހުޅުވިއިރު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިސްކިތުގެ ހަރިންމަ ފެންނާނޭހެން ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ އާއި  މެޓަލް ޑިޓެކްޓާ ހަރުކޮށްފައި ވެއެވެ. ފަލަސްތީނުގެ އިސްފަރާތްތަކާއި އަދި ރައްޔިތުން ބުނަމުން ގެންދަނީ އަގްސާ މިސްކިތް އަލުން ހުޅުވާލިއިރު، އިޒްރޭލުން މަސައްކަތް ކުރަމުން ގެންދަނީ މިސްކިތުގެ ކޮންޓްރޯލް އެއްކޮށް ނަގަން ކަމަށެވެ. 

އަލް އަގްސާ މިސްކިތަކީ  މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ތަނެވެ.

- ކޮމެންޓް
21 ޖުލައި 2017 | ހުކުރު 13:49
ޢަޒީ
ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ވަނީ "އެމީހަކު ކުށެއް ކޮށްފިކަން ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ". އެހެންވީ އިރު އަނީލް އަކީ އެއްވެސް ބާވަތެއްގެ ޚިޔާނާތްތެރިއެކޭ ބުނުމުގެ ޙައްޤު އެއްވެސްފަރާތަކަށް ލިބިގެނެއްނުވޭ އެހެންކަމުން ދިޔާނާ ގެ ތިޓްވީޓަކީ ދިޔާނާގެ މައްޗަށް އަބުރުގެ ދަޢުވާ އުފުލިދާނެ ޓްވީޓެއް ދިޔާނާއަށް ދަންނަވާލަންއޮތީ ދިޔަނާފަދަ ލޯޔަރަކު ރައްޔިތުންނަށް އޮޅުވާލަން ތިފަދަ ޓްވީޓް ކުރެއްވުުމުން ފިރިލަލުން ދައުލަތަށް ދައްކަން ޖެހޭ ފައިސޭ މަޢާފުވަނީ ތޯއޭ؟