ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 22:28
ރައީސުލްޖުމްހޫރިއްޔާ، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
އެމްޑީޕީގެ ގައުމީ މަޖިލިސް
އައު ސަރުކާރު ފަށައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަން: ރައީސް
 
ރައީސް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ، ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން ކަމަށް

ދެން އުފެދޭ ޕީއެންސީ ސަރުކާރެއް ފަށައިގަތުމަށް ދޭންޖެހޭ އެއްބާރުލުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް، އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަސައްކަތްކުރިޔަށް ގެންދިއުންކަމަށެވެ. އެކަމުގެ ފުރިހަމަ އެއްބާރުލުން މިސަރުކާރުގެ ފަރާތުން ދެމުން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެސަރުކާރުން ރައްޔިތުން މަޖިލީހުން ކުރަންޖެހޭ ކަންތައްތަކުގަވެސް، ސަރުކާރު ފަށައިގަތުމަށް ކުރަންޖެހޭ ކަންކަމުގަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުވަން.
އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އުފައްދަވައި، އެކަމަށް ދެއްވަންޖެހޭ އެއްބާރުލުން ފުރިހަމަގޮތުގައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ވިދާޅުވެފައެވެ. އިންތިޚާބީ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު"ގައި ވާ ގޮތުގެ މަތިން، ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަމަށްޓަކައި ޚާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ